އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މައުމޫން ތަހުނިޔާ ދަންނަވައިފި

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ 12 ވަނަ އުފަން ދުވަހާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމްޑީޕީއަށް ތަހުނިޔާ ދަންނަވައިފި އެވެ.
ރައީސް މައުމޫން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ 2005 ވަނަ އަހަރު ރާއްޖެއަށް ތައާރަފް ކުރީ އެމަނިކުފާނުގެ އިސްނެންގެވުމާއެކު އެކުލަވާލެވުނު އިސްލާހީ އެޖެންޑާގެ ދަށުން ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.
މިބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމާއެކު އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ސިޔާސީ ޕާޓީ އެމްޑީޕީ ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އޭރު އަމަލުކުރަމުން ގެންދިޔަ ސިޔާސީ ޕާޓީ ތަކާ ބެހޭ ގަވައިދުގެ ދަށުން އެމްޑީޕީ ރަޖިސްޓްރީ ކޮށްދިނީ 26 ޖޫން 2005 ގައެވެ.
ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވާފައިވަނީ އެމްޑީޕީން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ