ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ބަޖެޓުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 1992 ވަނަ އަހަރުން ފެށިގެން ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކަނީ 18 މީހަކު ކަމަށެވެ. ނަމަވެސް ލޯނަށް ފައިސާ ނުދައްކަނީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި 2010 ވަނަ އަހަރުގެ ނިޔަލަށް ނުލިބި ހުރި ކަމަށް ހުރި ކަމަށް ދައްކާ 51 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް 49 މިލިއަން ރުފިޔާ އަށް މަދުވެފައިވާ ކަމަށެވެ.
ލޯނު ނުދައްކާ ފަރާތްތަކަށް ފިނޭންސުން ވަނީ ފައިސާ ދެއްކުމުގެ އުސޫލެއް ކަނޑައަޅައި އެ އުސޫލުގެ މަތިން ފައިސާ ދައްކަމުން ގެންދިއުމަށް އަންގައިފަ އެވެ. މީގެ ތެރެއިން އުސޫލާ އެއްގޮތަށް ލޯނު ނުދައްކާ މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ނެރުނު ބަޔާނުގައިވެ އެވެ.
މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނީ މައުމޫންގެ ވެރިކަމުގައި ދައުލަތުގެ މާލިއްޔާ އިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަދާކުރުން ފަސްކޮށްދިނުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށާއި ލޯނު އަނބުރާ ހޯދުމަށް ހުރިހާ ފަރާތްތަކަކާ މެދު ވެސް އަމަލުކުރަމުން ދަނީ އެއް ހަމަޔަކުން ކަމަށެވެ.
Maumoonge verikamugai dhin loan thakuge muhdhath ithuru kurumugai corruption eh nei | Mihaaru
Mihaaru
ރައީސް މައުމޫން ދޫކުރެއްވި ލޯންތައް އަނބުރާ ހޯދަން މަސައްކަތް ކުރާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅަކާއި އެހެން ދެ ބޭފުޅަކު ފައިސާ ދައްކަން ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި ފައިސާ ނުދައްކާ ބޭފުޅުންނާ ދެކޮޅަށް ދައުވާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދައުލަތަށް ފައިސާ ދައްކަން ފިނޭންސުން އެންގީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެމްޑީޕީ ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އޭރުގެ ހޯމް މިނިސްޓަރާއި ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބުގެ އިތުރުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ނައިބުގެ މަގާމު އަދާކުރެއްވި ހުސެއިން ރަޝީދު އަހުމަދާއި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި އަހުމަދު އަސްވާނަށެވެ. ނަމަވެސް މުހުލަތުގެ ތެރޭގައި ފައިސާ ދެއްކެވީ ޝަހީދު އެކަންޏެވެ.
މައުމޫން ދޫކުރެއްވި ލޯނުތައް އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފިނޭންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ