ކައުންސިލަރުންގެ ދައުރު އިތުރުކުރާ ބިލްގެ މައްސަލަ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައި ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހުމުން އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ބިިލެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލުގެ ގޮތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލް މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު އަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ބަޔާންކޮށްފައި ވަނިކޮށް ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި އިންތިިޚާބުގެ އުސޫލުތަކަށް ގާނޫނުތަކުން ބަދަލު ގެނައުން އެ ކޯލިޝަނުން ބަލައިނުގަންނާނެ ކަމަށާއި އެހެންވެ، އެ މައްސަލަ އެ ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ."އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރަމުން ގެންދާ ވާހަކަ ވެސް ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.އިދިކޮޅުން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިހާބުތަކުގެ އުސޫލުތަކާއި ތައާރަޒުވާ ފަދަ ގާނޫނުތައް މަޖިލީހުން ފާސްކޮށް އިންތިހާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.ލިބިފައިވާ މެޖޯރިޓީގެ ބޭނުން ހިފައިގެން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ގާނޫނުއަސާސީ ބަދަލުކޮށް ގާނޫނުއަސާސީ އަށް ގޮންޖަހާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ