ހުޅުމާލޭގެ ރައްޔިތުން ގޭގައި ތިބެގެން ވިޔަފާރިކޮށް އެހެނިހެން ހިދުމަތް ހޯދާ: އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ފަރާތްތައް އޮންލައިންގެ ޒަރީއާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.
ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުަމަށް އިޖުތިމާއީ ގައިދުރުކަމާއި، ސާފުތާހިރުކަން އެންމެހައި ރައްޔިތުން އިސްކުރަންޖެހިފައިވާ ދަނޑިވަޅަކަށްވެފައި، ވީހާވެސް ގިނަވަގުތު ކެތްތެރިކަމާއެކު ގޭގައި މަޑުކުރުމަކީ ކަމާބެހޭ އިދާރާތަކުގެ އިލްތިމާސަކަށްވާއިރު އެޗްޑީސީގެ އެދުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މިއަދުން ފެށިގެން އެމީހަކު ދިރިއުޅޭ ސަރަހައްދުގައި ގާއިމު ކުރެވިފައިވާ ފިހާރަތަކާއި އެފިހާރަތަކުގެ މައުލޫމާތު އެކޯޕަރޭޝަނުން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މީގެ އިތުރުން އެކޯޕަރޭޝަނުން ގާއިމުކޮށްފައިވާ ވެބްސައިޓުން ހުޅުމާލޭގައި ހުރި ފިހާރައެއް ރެސްޓޯރަންޓެއްގެ ނުވަތަ ކެފޭގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެފަރާތްތައް އެޗްޑީސީ އަށް މައުލޫމާތު ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ.
ކޮންމެ ރައްޔިތެއްވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ