ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ކައިވެނި ކޮށްދިނުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް އެކަން ކުރަން ފެށުމަށް ފެމެލީ ކޯޓުން ނިންމައިފިއެވެ.
އެކޯޓުން ވަނީ ހަފްތާއަކު ދެ ދުވަހު ކައިވެނި ކޮށްދިނުމަށް ނިންމާފައެވެ. ފެމެލީ ކޯޓުން ބުނީ އަލުން ކައިވެނި ކޮށްދިނުމަށް ނިންމީ ކޮވިޑް19 އާ ގުޅިގެން ސަރުކާރު ހުޅުވާނެ ސީދާ ދުވަހެއް ނޭނގޭތީ ކަމަށެވެ.
ފެމެލީ ކޯޓުން ބުނީ ކައިވެނި ކޮށްދިނުމަށް ނިންމި ނަމަވެސް ކައިވެނި މަޖިލީހަށް ވަދެވޭނީ އެ މަޖިލީހުގައި ކޮންމެހެން ތިބެން ޖެހޭނެ މީހުން ކަމަށާއި އެގޮތުން އެއީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާ ކަމަށް އެކޯޓުން ބުނެއެވެ.
ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ބަންދު ކުރުމަށް ނިންމީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ. އަދި އޭގެފަހުން ދެ ފަހަރަކު ބަންދުކޮށްފައި އޮތް މުއްދަތު އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރު ބަންދު ކުރި ނަމަވެސް ސަރުކާރުގެ އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ މުހިއްމު ހިދުމަތްތައް ދިނުމަށް ވަނީ އަންގާފައެވެ.
މާދަމާއިން ފެށިގެން ފެމެލީ ކޯޓުން ކައިވެނި ކޮށްދޭން އަނެއްކާވެސް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ