މިއަދު ހަވީރު 5ން ފެށިގެން މެލޭޝިއާއިން އަންނަން ބޭނުންވާ މީހުނަށް ޓިކެޓް ވިއްކަނީ!

މެލޭޝިޔާގައި ތިބި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް މިއަދު ހަވީރު ފަހަކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިވަގުތު މެލޭޝިޔާއިން ފުރުމަށް ޝެޑިއުލްކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު މެލޭޝިޔާ ގަޑިން ހެނދުނު ހައެއް ޖަހާއިރު ނަމަވެސް ފުރާ ގަޑިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މެލޭޝިޔާއިން ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ހައިކޮމިޝަނުންކޮށްފައިވާ ޓުވީޓެއްގައި މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު ގައުމީ އެއަރލައިން މޯލްޑިވިއަން އިން ބާއްވަން ނިންމާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ