ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މީހާ ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި 50 އަހަރުގެ މީހާ ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލައިފައި ކަމަށެވެ.
އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިނީ އަލީ މުރުތަލާ (50 އ.) ކަމަށެވެ. އޭނާއަކީ އެމްޑީޕީ މެންބަރެކެވެ.
މިކަމާއި ގުޅޭގޮތުން ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އުސްމާނަށް އިއްޔެ މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.
"ހައިކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ހައިކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.
މުރުތަލާ ފަނޑިޔާރު ޝުޖާއު އަށް އިންޒާރު ދީފައި ވަނީ ޗުއްޓީ އަކަށް ކ. މާފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ފަނޑިޔާރަށް މަރުގެ އިންޒާރުދިން އެމްޑީޕީ މެމްބަރު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ