ބައްޕަގެ ގައިދަށުވެ އެއް މަސް ނުވާ ތުއްތު ކުއްޖަކު މަރުވެއްޖެ

ވިހައިގެން އެއްމަސް ނުވާ ތުއްތު ކުއްޖަކު ބައްޕަގެ ގައިދަށުވެ މަރުވެއްޖެއެވެ.
ދަރިފުޅުގެ މަންމަ ބުނީ، އޭނާ ހޭލިއިރު ދަރިފުޅު އެއްވެސް ކަހަލަ ހަރަކާތެއް ނުކޮށްގެން ބެލިއިރު އޮތީ ބައްޕަގެ ގައިދަށުވެ ބޯފި މަރުވެފައި ކަމަށެވެ.
އޭނާ ވަގުތުން އެމްބިއުލާންސަށް ގުޅައިގެން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.
އޭނާ ބުނީ ދަންވަރު ގަޑީގައި ދަރިފުޅު ރޯތީ އަނެއްކާ ދަރިފުޅު ނިންދަވާފައިވާ ކަމަށެވެ. އަދި އިރުތަކެއް ކޮށްފައި ދަރިފުޅު ރޯ އަޑު ނުއިވިގެން ބެލި އިރު އޮތީ ލޭ ނުހިނގައިގެން މުޅި ހަށިގަނޑު ނޫ ވެފައި ކަމަށެވެ.
"ދަންވަރު 3 ޖެހި އިރު ދަރިފުޅު ރޯތީވެ އަނެއްކާ ނިންދަވާލީ. މާ ގިނަ އިރު ވެގެން ދަރިފުޅު ނުރޯތީ ވެފަ އޮތް ގޮތެއް ބެލި އިރު އޮތީ މުޅި ގަޔަށް ނޫކުލަ އަރާފައި" ދަރިފުޅުގެ މަންމަ ކިޔާދިނެވެ.
ޕުލުހުންނަށް މައުލޫމާތު ހިއްސާ ކުރަމުން ތުއްތު ކުއްޖާގެ މަންމަ ބުނެފައިވަނީ ކުއްޖާ އުފަންވެފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުގައި ކަމަށެވެ. އަދި ބަނޑުބޮޑު އިރު ރާ ނުބޯކަމަށް އޭނާގެ ބުންޏެވެ. އެހެން ނަމަވެސް އޭނާ ދުވާލަކަށް 5 ސިގިރޭޓު ބޯކަމަށް އޭނާ ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އޭގެ އިތުރުން އޭނާ އާއި ދަރިފުޅުގެ ބައްދަ ދޭތެރެއަކުން ކެނެބިސް ބޭނުން ކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ދަރިފުޅުގެ ބައްޕާއާއި އަޅުގަނޑު ކެނެބިސް ބޭނުން ކުރަން. ދަރިފުޅު ގެއަށް ގެނައި ފަހުން މިހާރު 3 ފަހަރު ބޭނުން ކޮށްފައިވަނީ." ދަރިފުޅުގެ މަންމަ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ