3 ނޮވެމްބަރުގެ ވާހަކަ ނުދެއްކިއަސް އެދުވަހުގައި 19 ދިވެހިން ޝަހީދު ކޮށްލި ވާހަކަ ދައްކާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ "ފުނޑާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ދިވެހި ގައުމަށް ގައްދާރުން ގެނައި ވާހަކަ އެބޭފުޅުން ދައްކާނެ ކަމަށާއި 1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް އުދުވާނީ ހަމަލާއެއްދީ ކުށެއްނެތް އެތައް ދިވެހިންނެއް ޝަހީދުކޮށްލުމުގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އާއި އިބްރާހިމް މުހައްމަދު ސޯލިހްގެ ބަފާ ކަލޭގެ އަކީ އެންމެ ބޮޑު ގައްދާރުން ކަމަށެވެ.
"އަޅުގަނޑުމެންވެސް ނެތިން ނަސްރުގެ ދުވަހުގެ ވާހަކަ ދައްކާކަށް. އެކަމް އަޅުގަނޑުމެން ދައްކާނަން 19 ދިވެހިން ޝަހީދު ކޮށްލި ވާހަކަ. އަޅުގަނޑުމެން ދައްކާނަން މިތަނަށް ގައްދާރުން ގެނައި ވާހަކަ. ދިވެހި ގައްދާރުންތަކެއްގެ ވާހަކަ ދައްކާނަން. އަޅުގަނޑުމެން ދައްކާނަން ލުތުފީ އަކީ އެންމެ ބޮޑު ގައްދާރު ކަމަށް. އަޅުގަނޑުމެން ދައްކާނަން އިބްރާހިމް މުހައްމަދު ސޯލިހުގެ ބަފާކަލޭގެއަކީ މީގެ ތެރޭގައި ބޮޑު ގައްދާރެއް ކަމަށް." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، 1988 ގައި ހިނގާދިޔަ އުދުވާނީ ހަމަލާގެ ވާހަކަ އޮޅުވައެއް ނުލެވޭނެ ކަމަށާއި އެހަގީގަތާއި ދުރަކަށް ނުދެވޭނެ ކަމަށެވެ. އަދި އެ ހަމަލާގައި ބައެއް މީހުންގެ ނަންތައް ފެންމަތި ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން ބޭނުންފުޅު ވެގެން ކަމަށެވެ.
"މި ހަގީގަތަކާ ދުރަށް ނުދެވޭނެ. އޭރު ދުނިޔެއަށް ނާންނަ ކުދިން މިހާރު ޖާނަލިސްޓުންގެ ތެރޭގައި ތިބޭ ކުދިންނަށް ލާރި ކޮޅެއް ދީގެން ނޮވެމްބަރު 3 ގަ ވަކި ވަކި ބައެއްގެ ނަންތައް ގެނައީ، ރައީސް މައުމޫން ބޭނުންފުޅު ވެގެން. ލުތުފީ ލައްވާ ހަމަ ކީހާ ނަންތަކަށް އަދަބު ދިނީއޭ ބުނާއިރު ކާކުތޯ، އަޅުގަނޑުމެން ހަނދާނުގަ އެބަހުއްޓޭ ހަމަ އިއްޔެ މެންދުރު ހިނގި ކަމެއް ގޮތަށް އެބަހުއްޓޭ." މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ވާހަކަ ނުދެއްކިއަސް 19 ދިވެހިން ޝަހީދު ކޮށްލި ވާހަކަ ދައްކާނަން- ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ