އެމްޑީޕީިއިން މަސައްކަތް ކުރަނީ ވެރިކަން ވައްޓާލަން: ގާސިމް
އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސަރުކާރު ވައްޓާލަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީީމް ވިދާޅުވެއްޖެއެވެ.ގާސިމް އެފަދައިން ވިދާޅުވީ ރޭ މ. ކުނޫޒުގައި ޖޭޕީގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑިޕީގެ މެމްބަރުން މަޖިލީހުގެ ތެރެއިން އެމަނިކުފާނުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.ގާސިމް ވިދާޅުވީ މިހާރު ވެސް އެ ޕާޓީގެ ތެރޭގައި ބަޔަކު ރާވައިގެން ފަސާދަ އުފައްދައި، ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށެވެ. އަދި އެމްޑީޕީއިން ކުރާ ކަންތައް ނޭނގެންވީ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.ގާސިމް އިތުރަށް ވިދާޅުވީ އެމްޑީޕީއިން ރައީސް ސޯލިހުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ރައީސް ސޯލިހު، އެމަނިކުފާނުގެ ވާޖިބުތައް އަދާ ކުރައްވަމުން ގެންދަވާ ކަމަށް ވާނަމަ އެމަނިކުފާނާއެކު ހުންނަވާނެ ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެމްޑީޕީއާއި ގުޅޭގޮތުން ތަފާތު ޕޯޑިއަމްތަކުގައި ވާހަކަދައްކަވަމުން ގެންދަވާއިރު ސަރުކާރު ކޯލިޝަން ރޫޅޭނެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެންމެންވެސް ސިފަ ކުރަމުން އަންނަނީ އެމްޑީޕީ އެވެ. އެމްޑިޕީއިން ވަނީ މިހާރުވެސް ކޯލިޝަން އެއްބަސްވުމާއި ޚިލާފުވެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ