ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން ރާއްޖެއަށް މިހާތަނަށް ހޯދި އެންމެ ހެޔޮ އަގުގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކަށް ރައްދުދެ އްވަމުން ސައީދު ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުގައި ވަނީ ލޯނު ދެއްކޭނެ އިންތިޒާމުތައް ވެސް ފަހިކޮށްދީފައި ކަމަށެވެ. ނަމަވެސް އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކަން އޮޅުވައިލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސައީދު އިއްޔެ ކުރެއްވި ޓްވީޓުގައި ވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޔާމީންގެ ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގާފައި ވާތީ ކަންކަން ކުރުމުގައި އާ ސަރުކާރަށް ހަތަރެސްފައި ބަނދެވިފައިވާ ކަމަށެވެ. އަދި ޔާމީންގެ ސަރުކާރުން ލޯނު ނަގާފައި ވަނީ ކޮމާޝަލް ރޭޓުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
R’ajjeyge tharaggee ah RY ge sarukaarun faisaa hodhee Dhuniyege maalee baazaarun Raajje ah mihaathanah hoadhi emme heyo agugai. Loan dhekkeyne inthizaamuves hunnaanee RY ge sarukaarun fahi koh dhevifa.Mikan sarukaarun olhuvaalumakee zimmaadhaarukan kuda amaleh @abdulla_shahid— Mohamed Saeed (@em_saeed) November 22, 2018
ކުރީގެ މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓްލޯނު ނަގައިގެން މަސައްކަތް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށާއި ނަމަވެސް ލޯނު ނެގުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި މި ފަހުން ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ލޯނު ދީފައި ވެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު މިދިޔަ ބުދަ ދުވަހު ވިދާޅުވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދެއްވި މައުލޫމާތަށް ބަލާއިރު ލޯނުގެ މިންވަރު 1.5 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ.
ސައީދު ކުރިން "މިހާރު" އަށް ވިދާޅުވީ އެ ސަރުކާރުން ލޯނު ނެގީ ދެ ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. އެ އަދަދެއްގެ ލޯނެއް މިހާރު ނުލިބޭނެ ކަމަށާއި އަދި އެއީ ދިގު މުއްދަތެއްގެ ތެރޭގައި ދައްކަން ދީފައިވާ ލޯނުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
ކުރީގެ ސަރުކާރުން ތަރައްގީއަށް ފައިސާ ހޯދީ އެންމެ ހެޔޮ އަގުގައި: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ