ފައިސާ ގޯނިތަކެއް ބެހި ވާހަކައަކީ ސިޔާސީ ގޮތުން ދެއްކި ވާހަކައެއްކަމަށާއި އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް އަދި ކޮރަޕްޝަނުގެ އެއްވެސް ފައިސާއެއް ނުވަތަ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ ހަވާލުކުރަން ނުލިބޭކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ ތަހުގީގާ ގުޅިގެން އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި، މުޙައްމަދާ ހަވާލާދީ ބުނެފައިވަނީ މަޖިލީސް މެންބަރުންނަށް އެއްވެސް ފައިސާއެއް ހަވާލުކުރުމަށް މީހަކު އޭނާއާ ހަވާލު ނުކުރާކަމަށާއި އަދި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ވާހަކަ ބުނެފައިވަނީ އެއްގޮތަކަށްވެސް ވަކި މީހަކު އޭނާ އަތަށް ފައިސާ ގެންގޮސްދީގެން ނޫންކަމަށެވެ.
މީގެއިތުރުންވެސް، އޭސީސީއަށް މެންބަރު މުޙައްމަދު އިސްމާއީލް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެވާހަކަ ޓީވީ ޗެނަލްތަކުގައި ދައްކާފައިވަނީ މުޅި ޤައުމުގެ މަސްލަހަތަށްކަމަށެވެ. އެގޮތުން އެކަމުގައި ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭކަމަށާއި ސިޔާސީ މީހަކަށްވެ ހުރެ ޤައުމުގެ ކޮރަޕްޝަނުގެ ކަންތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމުން މުޅި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އޭނާ ކުރީ ޖިހާދެއްކަމަށްވެސް ވިދާޅުވިއެވެ.
ހަމައެހެންމެ، ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅެއްގެ ލާރީގެ 60 އިންސައްތަ ވަނީ ސިޔާސީ ޕާޓީއެއްގެ ފަރާތްތަކުގެ އަގުކަމަށްވެސް އޭނާ ވިދާޅުވީ އެއްވެސް އަސާސެއް ނެތިކަމަށް ވިދާޅުވިކަމަށްވެސް ބަޔާނުގައިވެއެވެ.
އޭސީސީ އިން އިތުރަށް ބުނެފައިވަނީ މެންބަރު މުޙައްމަދު އިސްމާއީލްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާއެއް ވަދެފައިވާކަމަށް ފާހަގަ ކުރެވިފައި ނުވާކަމަށާއި އެފަދަ އެއްވެސް ހެއްކެއްވެސް ފެނިފައި ނުވާކަމުގައެވެ.
ފައިސާ ގޯނި ވާހަކައަކީ ސިޔާސީ ދޮގެއް - މުޙައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ