ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖެ ބަދުނާމު ކުރުމުގެ ރޮނގުން ރެކޯޑްތައް ހައްދަވަމުން ގެންދަވާ މުހައްމަދު ނަޝީދަށް ދިވެހިން ސަމާލުކަން ނުދޭން ފެށި ހިސާބުން ނަޝީދު ބޭނުންކުރަން ފެށި އުކުޅަކީ، “އިންގާލީ ސަރުކާރެއް”ގެ ވާހަކައެވެ.
ތިމަންނާ ފަހަތަށް ޖެހިވަޑައިގަންނަވާނެ ވާހަކަ އާއި، އިންތިގާލީ ސަރުކާރެއްގެ މުހިއްމު ކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރެއްވި ނަޝީދުގެ މިވާހަކަތަކަށް ތާއީދުކޮށް “ގުޅިފައިވާ” ކަމަށް ބުނާ ޕާޓީތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނެެވެ.
ނަޝީދުގެ ވާހަކަތަކަށް ކިރިޔާވެސް ތާޢީދުކޮށް ވާހަކަ ދެއްކެވީ، ނަޝީދުގެ ވެރިކަން ވެއްޓުމުން، “ބާޣީ” އެއްގެ ލަޤަބު ދިން ކުރީގެ ސީޕީ އަބްދުﷲ ރިޔާޒެވެ. އަދާލަތުން ވެސް ނަޝީދުގެ އިންތިގާލީ ބަހުސްގައި ގުޅިވަޑައިގަންނަވާކަށް ބޭނުމެއް ނުވިއެވެ.
30 އަހަރު ދުވަހުގެ ތަޖުރިބާ އާއި އެކު މައުމޫނަށް ވަރަށް ރަނގަޅަށް ވެސް ނަޝީދުގެ މަކަރުވެރިކަމާއި ހީލަތްތެރިކަން އެނގިވަޑައިގަންނަވައެވެ. މިހާތަނަށް އައި އިރުވެސް ނަޝީދުގެ “އިންތިގާލީ” ބަހުސް އާއި މެދު މައުމޫނު އެއްޗެކޭ ވިދާޅު ނުވެ ހުންނެވީ އެހެން ވެގެންނެވެ.
މައުމޫނު ހަނު ހުންނެވައިގެން މަސައްކަތްޕުޅު ކުރެއްވީ ނަޝީދަށް އެމަނިކުފާނު ހުންނެވި ގޮތް ހާމަކޮށް ދެއްވުމަށެވެ. އެހެން ނަމަވެސް ދުރޫސުލް އަޚްލާޤުގެ ކަންފުޅެއް ވެސް ނެތް މީހަކަށް ވެފައި 24 ގަޑިއިރު ހަމައިގައި ނުހުންނެވޭތީ މައުމޫނު ދެއްވި މެސެޖްތަކުން ނަޝީދަށް އެއްޗެއް ފަހުމުވާ ގޮތެއް ނުވިއެވެ.
އެހިސާބުން މައުމޫނަށް މަޖުބޫރުވެވަޑައިގެންނެވީ، ނަޝީދު އިހްސާސްކުރައްވަން ޖެހިވަޑައިގަންނަވާނެ ވޭނަކަށް ބެއްލެވުމެއް ނެތި، ނަޝީދުގެ “އިންތިގާލީ” ގައި ކޮޅުފައިން ޖެއްސެވުމަށެވެ.
ނަޝީދުގެ “އިންތިގާލީ”ގައި މައުމޫނު ކޮޅުފައިން ޖައްސަވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ