ޓިއުނީޝިއާގައި ދީނީ މިނިވަންކަން އޮތް މިިންވަރު ބެއްލެވުމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރު ޔޫއެން ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރެލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ޑރ. އަހްމަދު ޝަހީދު، އެގައުމަށް ވަޑައިގެންފިއެވެ.
ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ހާމަ ކުރެއްވި ގޮތުގައި އެގައުމުގައި ދީނީ މިނިވަންކަން އޮތް މިންވަރު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅަކީ 10 ދުވަހުގެ ދަތުރުފުޅެކެވެ.
ޑރ. ޝަހީދަކީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްދުތަކުގެ ތެރެެއިން މަރަށް މަރުހިފުމާއި، ހައްދު ޖެހުމާއި ރަޖަމް ކުރުން ފަދަ ކަންކަމާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތު ކުރަމުންދާ ފަރާތެކެވެ. އަދި އޭނާ އަކީ އދ އިން ދީނީ މިނިވަންކަމާ ބެހޭގޮތުން ކަނޑައަޅާފައި ހުންނަ ހާއްސަ ރެޕެޓުއާއެވެ.
ޑރ. ޝަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އދ ގައި ނެގި ފަލަސްތީނު މިނިވަން ކުރުމުގެ ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ނުދޭން ނިންމި ފަރާތެކެވެ. އެކަމާ ގުޅިގެން ޑރ. ޝަހީދަށް އޭރުވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. ޑރ. ޝަހީދު ވަނީ ނަޝީދުގެ ސަރުކާރުުގައި ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
އޭނާ އަކީ މިހާރު އިދިކޮޅު އިއްތިހާދަށް ވާގި ދީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަށް ބައިނަލްއަގްވާމީ މައިދާނުގައި މަސައްކަތް ކުރަމުންދާ ފަރާތެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެެވެ.
ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޑރ. ޝަހީދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ.
ދީނީ މިނިވަންކަން އޮތް މިންވަރު ބެއްލެވުމަށް ޑރ. ޝަހީދު ޓިއުނީޝިޔާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ