ސްޕްރީމް ކޯޓްގެ އަމުރަށް ޖަދަލެއް ނުކުރެވޭނެ: ގާޒީ ބާރީ

ސުޕްރީމް ކޯޓުގެ އަމުރަށް ބަހުސްކޮށް ޖަދަލު ނުކުރެވޭނެ ކަމަށްކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.
ބާރީގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ގޮތުން ޝަރުއީ ކޯޓެއްގެ އަމުރުތަކާއި ހުކުމްތައް ތަންފީޒުކުރުމުގައި ބަލަންޖެހޭނީ އެ ހުކުމްތަކާއި އަމުރުތަކުގެ ބޭރު ފުށަށް ކަމަށާއި ދަށު ކޯޓުތަކުގެ ހުކުމްތަކާ އަމުރުތަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފު ކޮށްގެން އެއާ މެދު ވާހަކަ ދެއްކިދާނެ ކަމުގައެވެ،
ނަމަވެސް ސްޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތައް ޖަދަލު ނުކުރެވޭނެ ކަމަށާއި އެއީ އެއްވެސް ޝަހުސަކަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.
ގާޒީ ބާރީ މިހެން ވިދާޅުވިއިރު، ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ގެންދާކަމަށް ވަކީލުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ