ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި، އެކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނުމުން ދައުލަތުން ކަންބޮޑުވޭ – ރައީސް

ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި އެކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނުމުން ދަޢުލަތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމެވި އެ ނިންމެވުމަކީ ޤާނޫނު ޢަޞާޞީން އެބޭފުޅުންނަށް ލިބިދޭ އިޚްތިޔާރެއް ނޫންކަމަށެވެ.
ޑީޖީއޭ ގެ ވެރިޔާ ހަސަން ސައީދުގެ ރިޝްވަތުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެބޭފުޅުން އޭނަ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ ކޯޓު ޢަމުރަކަށް އެދުމުން ކޯޓު ޢަމުރު ނުދެއްވާ ހިފަހައްޓަވާފައި ދެން ސުޕްރީމް ކޯޓުން އެ މައްސަލަ ނުބޭލެނެ ކަމަށް ނިންމަވާ މައްސަލަ ބާޠިލް ކުރި ހިސާބަށް ޢިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވީ "ފަނޑީޔާރުންނަށް އޮތް އިމްތިޔާޒެއް އޭނާއަށް ނޯންނާނެ. އޭނާ ފިލީ ހާޒިރެއް ނުވި ފުލުހަކަށް އެއީ ގޯހެއް، އެއީ އަދުލަށް ހުރަސް އެޅީ އޭނާ ހާޒިރެއް ނުވި ހައްޔަރުގައި ބަހެއްޓޭނެ ގޮތެއް ނުހޯދުނު ކްރިމިނަލް ކޯޓުން ވެސް ދިޔައީ އަމުރުތައް ބާޠިލު ކުރަމުން . އަނެއް ދުވަހު ކޯޓް އަމުރު ނެރުނީ އެ މައްސަލަ ނުބެލޭނެ ކަމަށް. އެއްވެސް މީހެއްގެ ނުބެލޭ މައްސަލައެއް އޮވެގެން ނުވާނެ. ހަސަން ސައީދު ދާންވީ އިސްތިއުނާފަށް. އެކަމަކު ފެނުނީ އޭނާ ބަރީޢަކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނުތަން. އަޅުގަނޑު ހިތާމަ ކުރަން." މިހެންނެވެ.
ފާއިތުވި ދުވަސް ތަކުގައި ފެނިގެން ދިޔައީ ޖުޑިޝަރީގެ ތެރެއިން ދަޢުލަތުން ބަލަން ބޭނުންވި އެއްވެސް މައްސަލައެއް ނުބެލޭ ޙާލަތު މެދުވެރިވިތަން ކަމަށާއި، ވަކި މީހަކަށް ވީތީ ކޯޓުގެ ތެރެއިން މައްސަލަ ނުބެލޭ ޙާލަތު މެދުވެރިވެގެން ނުވާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.
މި ފަދަ އުނދަގޫ ދަނޑިވަޅެއްގައިވެސް ރައީސް ގެންދަވަނީ ޙިކްމަތްތެރިކަމާއި އެކު ޤައުމުގެ ކަންކަން ހަމައަކަށް އަޅުއްވާދެއްވާ ދިވެހި ރައްޔިތުންނަށް އެ ރައްޔިތުންގެ ޤައުމުގައި އަމަން އަމާންކަމާއި ހިތްހަމަޖެހުން ޤާއިމްކޮށްދެއްވަން ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ