ރައްޔިތުންގެ ތާއީދު އޮތީ ކޮންބަޔަކަށްކަން އެނގިއްޖެ: ރައީސް މައުމޫނު

ތިނަދޫގައި ބޭއްވި ޖަލްސާއިން ރައްޔިތުންގެ ތާއީދު އޮތީ ކޮންބަޔަކަށް ކަން އެނގިއްޖެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ރޭ ގދ ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާއަށް ބަރުހަބާ ދަންނަވާ ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މީ ހަތަރު ޕާޓީއަށް ލިބުނު ކާމިޔާބެއް ކަމުގައެވެ.Congratulations to the 4-party alliance on a magnificent rally at Thinadhoo last night. Now everybody can see where public support lies!— Maumoon Abdul Gayoom (@maumoonagayoom) November 24, 2017ހަތަރު ޕާޓީ ކަމަށް ރައީސް ޕީޕީއެމްވެސް ހިމަނައިގެން ނެވެ.
ތިނަދޫގައި ރޭ ބޭއްވި ޖަލްސާއަކީ މިހަތަނަށް އަތޮޅު ތެރޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތްކަމަށް އިދިކޮޅު ޕާޓީ ދަނީ ބުނަމުންނެވެ.
ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ ތިނަދޫ ޖަލްސާއިން ފެނިގެން ދިޔައީ އިދިކޮޅު ފަރާތްތަކަށް ތާއީދެއް ނެތް ކަން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ