އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވާކަން އެ އެއާލައިނުން ހާމަކޮށްފިއެވެ.
ބޭރުގެ ބައެއް ނޫސްތައް ބުނާގޮތުގައި، އެ އެއާވޭސް އިން އަންނަ އަހަރުގެ ޖޫން މަހުގެ 15 އިން ފެށިގެން އަބޫދާބީން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަަށްް ކުރާ ދަތުރުތައް ގިނަ ވާނެއެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް އަބޫދާބީން ރާއްޖެއަށް އިތުރު ހަތަރު ދަތުރުކުރާނެއެވެ. އެއާއެކު އެ އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 11 އަށް ބަދަލުވާނެކަމަށް ބޭރުގެ ނޫސްތައް ބުނެއެވެ.
އެ އެއާވޭސް އިން ބުނީ އަލަށް މިގެންނަ ބަދަލާއެކު، ދަތުރުވެރިންނަށް ހެނދުނު ހެނދުނާ މާލެ އާދެވި، އެ މީހުން ބޭނުންވާ މަންޒިލަކަށް ގޮސް ވީހާވެސް ގިނަ ވަގުތު އެ ބޭނުންވާ ތަނެއްގައި ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޔޫއޭއީ އާއި އަރަބި ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ މީހުންނަށް ވެސް ރާއްޖެއަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް ފަސެހަވެގެންދާނެ ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
އެ އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމުމާއި ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތަކަށް A320ގެ މަތިންދާ ބޯޓެއް ބޭނުން ކުރާނެއެވެ. އެއީ 120 އިކޮނޮމީ ކުލާސްގެ ސީޓްތަކަާއި، ހަ ބިޒްނަސް ކްލާސް ސީޓް ހިމެނޭ ބޯޓެކެވެ.
މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. އެ އެއާވޭސް އިން މިހާތަނަށް 550،000 ފަސިންޖަރުން އުފުލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ