ރައީސް ހެނބަދޫ އަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ރައީސް އަބްދުﷲ ޔާމީން ނ. ހެނބަދޫ އަށް ވަޑައިގެންފި އެވެ.
މިއީ ރައީސް ޔާމީން މިހާރު ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގެންނެވި ދެވަނަ ރަށެވެ.
ރައީސް ޔާމީން ހެނބަދޫ އަށް ވަޑައިގެން ވަނީ އެރަށުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ.
ހެނބަދޫގައި ނަރުދަމާ ނިޒާމު ގާއިމުކޮށްދެނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) އެވެ.
ރައީސް މިއަދު ހެނބަދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ