ލަތީފްގެ ގޮނޑި ގެއްލުނީ، ސުޕްރީމް ކޯޓުން ކުރި ހުކުމް ކުރި އިރު ޙާލަތައް ބަލާފައެވެ.ސުޕްރީމް ކޯޓުގެ ހުކުމް ކަމުގައިވާ ރައްޔިތުން މަޖްލީހުގެ މެމްބަރުންގެ ގޮނޑި އެ މެމްބަރުންގެ ޕާޓީއިން ވަކިވެއްޖެ ނޫނީ ޕާޓީއިން ވަކި ކޮށްފި ޙާލަތެއްގައި ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވަނިކޮށް ދިއްދޫދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދުގެ ގޮނޑި ލަތީފް ޕީޕީއެމްއިން 18 ޖުލައި ގައި ވަކި ކުރުމާއިއެކު ގެއްލިފައިވެއެވެ. ލަތީފްގެ ޤަނޫނީ ޓީމުން އެންމެ ބޮޑަށް ނަގަމުންދާ އެއް ނުކުތާ އަކީ ސުޕްރީމް ކޯޓުގެ ހުކުމްގައި މެމްބަރަކު އިންތިހާބް ވާ ޕާޓީއަކުން ވަކިކޮށްފި ނުވަތަ ވަކި ކުރި ހާލަތުން ބަލާ ކަމަށެވެ.ސުޕްރީމް ކޯޓުގެ ހުކުމްގައި ވަރަށް ސާފުކޮށް ހުކުމް ކުރާ ތާރީހުން ފެށިގެން މެމްބަރަކު ހުރި ހާލަތެއް ބަލާނެ ކަމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން ވަރަށް ސަރީހަކޮށް، އެ ހުކުމްގައި ހުކުމް ހިނގާނީ ހުކުމް ކުރި ތާރީހުން ފެށިގެން ކަމަށް ބަޔާން ކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ޙަލަތަކީ ހުކުމް ކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ ނުވަތަ އެއިން ޙަލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ، ހުކުމްގެ އަސަރެއް ނުކުރާނެއެވެ. ސުޕްރީމް ކޯޓުގެ މި ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މަޟީއަށް ރުޖޫއަށްވާގޮތައް ރެޓްރޯސްޕެކްޓިވް ކޮށް ތަތްބީޤު ނުވަތަ ތަންފީޒް ކުރުން ހުއްދަ ކުރެވިފައި ނުވާކަން އެ ހުކުމްގައި ސާފުކޮށް ލިޔެވިފައިވެއެވެ.3 ފަނޑިޔާރުންގެ ބެންޗަކުން ބެއްލި މި މައްސަލައިގައި 13 ޖުލައިގެ ފަހުން ނުވަތަ ހުކުމް ކުރާ ތާރީހުން ފެށިގެން ބަލަން ފަށާނެ ކަމަށް ޤަނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވެއެވެ.އެގޮތުން ޤަނޫނަކުން ވަކި އެހެން ގޮތަކައް ކަނޑަ އަޅާފައި ވާ ޙާލަތްތަކުގައި މެނުވީ، އެ ހުކުމް ރެޓްރޯސްޕެކްޓިވް ކޮށް ތަންފީޒް ކުރެވޭނީ ޤަނޫނީ ދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަނީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ނަޒާހަތްތެރި ބަޔަކަށް ހެދުމަށްޓަކައި އެޅުނު ވަރަށްވެސް ބޭނުންތެރި ފިޔަވަޅެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ.މަދަނީ މުޢާމަލާތެއްގެ މައްސަލައިގެ މިސާލް ނަންގަވާ ޤަނޫނީ ދާއިރާގް ތަޖުރިބާ ކާރެއް ވިދާޅުވީ، ބިމެއް ނުވަތަ ގޯޗެއްގެ މައްސަލައިގައި، މިހާކު ޝަރީއަތައް ގޮސް، އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތަކައް ނިންމުމާއި އެކުއެވެ. މިސާލަކައް ބިން އެހެން ފަރާތަކައް ނޫނީ ދައުލަތައް މިލްކް ވެއްޖެ ޙާލަތެއްގައިއެވެ. ދެން ބިމުގެ މިލްކްވެރިޔާ ގެ ގޮތުގައި ރިޔާއަތް ކުރަނީ ހުކުމް ކުރާ ގޮތަކައް ކަމަށެވެ.އެގޮތުން އެ ފަދަ މައްސަލަ އެއް ނިމުމާއެކު، މާޒީގައި އެ ބިމުގެ ނުވަތަ ގޯތީގެ މިލްކް ވެރި އަކީ މިވެނި ފަރާތެކޭ ބުނުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. ބަދަލުގައި ހުކުމް ކުރާ ދުވަހުން ފެށިގެން އެ އައި ޤަނޫނީ ބަދަލައް ރިޔާއަތް ކުރާނެ ކަމަށެވެ.
ލަތީފްގެ ދިއްދޫ ދާއިރާ ގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި މިހާރު އެ ދާއިރާގެ ބައި އިލެކްޝަނެއް އީސީއިން ވަނީ އިއުލާންކޮށްފަ. ފޮޓޯ: މަޖިލިސް
މި ހުކުމް ސުޕްރީމް ކޯޓުން ކޮށްފައިވަނީ ޤަނޫނީ ހުސްކަމެއް އޮވެގެން ކަމަށާއި، މި ހުކުމް ކުރެވުނީ ރައްޔީތުންނަށް އެކަމުގެ ލާބަޔާ މަންފާ ހޯދަދޭން ކަމަށެވެ.އެގޮތުން ޤަނޫނު އަސާސީގެ 4 ވަނަ މައްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔީތުންގެ ކިބައިން ކަމާއި، މި ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިކަން ވަރަށް ސަރީހަ އިބްރާތުން ބަޔާން ކޮށްފައިވެއެވެ. އެހެން ކަމުން ރައްޔީތުން މަޖްލީހުގެ މެމްބަރެއް ކަމުގައި ވިޔަސް، ރައްޔީތުންނަށް ލިބިދީފައިވާ ބާރުތަކުގެ ނާޖާއިޒު ފައިދާއެއް ނުނެގޭނެއެވެ.ލަތީފަކީ އަމިއްލަ ގޮތުން އިންތިހާބްވި މެމްބަރެއް ކަމުގައި ވިޔަސް، އޭނާ ޕުރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އާއި ގުޅިވަޑައިގަން ހިސާބުން ފެށިގެން، ޕީޕީއެމްގެ ހަރަކާތްތަކުގައި އާއި ރައްޔީތުން މަޖްލީހުގައި އަންނަނީ ޕީޕީއެމް ތަމްސީލް ކުރަމުނެވެ.ރައްޔީތުން މަޖްލީހުގައި ސިޔާސީ ޕާޓީތަކަށް ބަހުސް ކަނޑައަޅާ ވަގުތުގައި ޕީޕީއެމްއަށް ލިބޭ ވަގުތު ތަކުގައި ލަތީފް ބަހުސް ކުރައްވާފައިވާއިރު، އޭނާ ކޮމިޓީތަކުގައި އިންނެވީވެސް ޕީޕީއެމްއަށް ލިބިފައިވާ ސުލޮޓްތަކުގައިއެވެ. އެހެންކަމުން ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ފަހުން 18 ޖުލައި ގައި އޭނާ ވަކި ކުރުމުން އޭނާގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމުންވެސް ފެނެއެވެ.އަބްދުއް ލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށައެޅި ލަތީފް ގެ ޤަނޫނީ ޓީމުން ވިދާޅުވީ އޭނާ އަކީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ރައްޔީތުން މަޖިލީހަށް އިންތިހާބް ވެވަޑައިގެންނެވި ފަރާތަކަށްވުމުން އެ ހުކުމް އޭނަގެ މައްޗަށް ނުހިނގާނެކަމަށެވެ.ނަމަވެސް، ދައުލަތުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، ލަތީފް ހުންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމުން އެހުކުން އޭނާގެ މައްޗަށްވެސް ހިނގާނެކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ރެޓްރޯސްޕެކްޓިވް ކޮށް ނުވަތަ ހުކުމް ކުރުމުގެ ކުރިން މާޒީގައި މެމްބަރަކު ހުރި ޕާޓީއަކަށް ނުބައްލަވާނެ ކަމަށެވެ. އެގޮތުން ހުކުމް ކުރި ތާރީހް ކަމަށްވާ 13 ޖުލައިގެ ފަހުން މެމްބަރަކު ޕާޓީއިން ވަކިވެއްޖެ ނަމަ ނޫނީ މެމްބަރަކު ޕާޓީ އިން ވަކިކޮށްފި ނަމަ ނޫނީ އެހެން ޕާޓީއަކާއި ގުޅިވަޑައިގަންފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށެވެ. މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އިތުރަށް ވިދާޅުވެފައި ވަނީ، ޖުލައި މަހުގެ 18 ވަނަ ދުވަހު ލަތީފް ޕީޕީއެމްއިން ވަކި ކޮށްފައި ވަނި ޕީޕީއެމްގެ އަސާސީ ގަވައިދުގެ 38 ވަނަ މައްދާއަށް ރިޔާއަތްކޮށް ކަމަށެވެ. އެގޮތުން އެ މައްދާ ގައި ވާގޮތުން ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރަކު އަމަލު ކުރަން ޖެހޭނީ ޕާޓީގެ ގަވައިދުތަކާއި ޕާޓީގެ ސުލޫކީ މިންގަނޑު ތެރެއިން ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމާ ނިމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ޤަނޫނޫ އަސާސީގެ 145 ވަނަ މައްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިރު، އެ މައްސަލަ ނިންމުނު ގޮތާއި، އެ ހުކުމްގައި ވާ ކަންކަމުގައި މައްޗަށް މަޢުޟޫއީ ގޮތުން އެއްވެސް ޖަދަލެއް ނުވަތަ ޚުލޫމާތެއް އުފައްދާނެ އެއްވެސް ޖާގަ އެއް ނޯވެއެވެ. އެހެންކަމުން 13 ޖުލައި ގައި ސުޕްރީމް ކޯޓުން ކުރި ހުކުމް އަށް ރިޔާއަތް ކޮށް 18 ޖުލައި ގައި ޕީޕީއެމްއިން ލަތީފް ވަކި ކުރުމާއި އެކު އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ނިންމާ މަޖްލީހައް އަނގާފައި ވާ އެނގުމާއި މެދު ޝައްކު އުފެއްދޭނެ އެއްވެސް ޖާގަ އެއް ނެތެވެ.ލަތީފް ގެ ގޮނޑި އޭނާ އަމިއްލަ ގޮތުން އިންތިހާބްވި ކަމާ އަޅާ ކިޔާނަ ނަމަ، ނޫނީ މި ހުކުމް މާޒީގައި ވި ކަމަކަށް ބަލާ ތަންފީޒް ވާނަަމަ، މިއަދު ރައްޔީތުން މަޖްލީހުގައި ތިއްބެވި މެމްބަރުން ކަމަށްވާ، އަހްމަދު މަހްލޫފް، މުހައްމަދު މުސްތަފާ، ރޯޒޭނާ އާދަމް ފަދަ ބޭފުޅުންގެ ގޮނޑިވެސް މިހާރު ގެއްލޭނެއެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ހޮވިގެން ޕާޓީތަކާއި ގުޅިވަޑައިގެން ހުރިހާ މެމްބަރުންވެސް ގޮނޑިތައް ގެއްލޭނެއެވެ.
ލަޔާލް މަނިކް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
54 މިނެޓް ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
54 މިނެޓް ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
ސުޕްރީމް ކޯޓުގެ ހުކުމް ކުރި ތާރީހުގެ ކުރިޔަށް ވި ކަމަކަށް ނުބަލާނެ، ލަތީފްގެ ގޮނޑި ގެއްލޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ