ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމަކީ ގާނޫނާއި ޚިލާފު އެއްވެސްކަމެއް ކުރައްވާފައިވާ ދެބޭފުޅުން ނޫންކަމަށާ އެ ބޭފުޅުންގެ ކުށަކީ ރައީސް އަބުދުﷲ ޔާމީނަށް ތާއީދުނުކުރުން ކަމަށް ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ސަނާ ގާސިމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށްގެންދާ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަނާ ވިދާޅުވީ، އެކަމަނާގެ ކޮއްކޮ އިބްރާހިމް ސިއާދު ގާސިމަކީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫންކަމަށާ ޖަލުގެ ކުޑަގޮޅީގައި ސިޔާދު ދުވަސްތައް ގުނަމުންދަނީ ކުށެއް ކުރައްވައިގެން ނޫންކަން މުޅި ގައުމު ހެކިވާނެ ކަމަށެވެ.
ސަނާގެ ބައްޕާޕުޅު ގާސިމް އިބްރާހިމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގާސިމަކީ ގާނޫނާއި ޚިލާފަށް އެއްވެސްކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާ މިއަދު ސިއްހީ ހާލުކޮޅު ހުރިގޮތުން ރާއްޖެއިން ބޭރުގައި ހުންނެވުމުން ބައްޕާފުޅަށް ދޭން ބޭނުންވާ އަނިޔާ ދެމުން ގެންދަނީ ސިޔާދު ގާސިމަށް ކަމަށެވެ.
ސަނާ ވިދާޅުވީ އެކަމަނާގެ ބައްޕާޕުޅުގެ ކުށަކީ ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރެއްވުން ކަމަށާ އެކަމާއި ގުޅިގެން ބައްޕާޕުޅަށް ދޭން ބޭނުންވާ އަނިޔާގެ އަދަބެއްގެ ގޮތުން ކޮއްކޮ އިބްރާހިމް ސިއާދު ގާސިމް ޖަލަށްލައިގެން ދެމުންދާ އަނިޔާއާއި ގުޅިގެން ބޮޑު ހިތާމައެއް އާއިލާއަށް ލިބިފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ އާއިލާއަށް ލިބިފައިވާ ވަރަށް ބޮޑު ހިތާމައެއް. ހަގީގަތުގައި އަޅުގަނޑުގެ ބައްޕަގެ ކުށަކީ ޔާމީނަށް ތާއީދުނުކުރުން." ސަނާ ވިދާޅުވިއެވެ.
ސަނާ ވަނީ މިއަނިޔާވެރިކަމާއި ބޭއިންސާފަށް ނޫނެކޭ ބުނަންޖެހޭކަމަށް ވިދާޅުވެފައެވެ.
ބައްޕަގެ ކުށަކީ ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރުން: ސަނާ ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ