ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީވާނީ މަޖިލީހަށް ދައުވާ ލިބޭ ގޮތަށް ސްޕްރީމު ކޯޓުގައި ކުރާ ދުސްތޫރީ ދައުވާތަކަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް އަންގައިފި އެވެ.
މަޖިލީހުން މިހެން ބުނެފައިމިވަނީ މަޖިލީހުގެ ނާއިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމް ސޮއިކުރައްވައި ފާއިޒަށް ފޮނުއްވި ސިޓީފުޅުގައި އެވެ.
މަޖިލީހުން އެ ގޮތަށް އަންގާފައި ވަނީ މެލޭޝިޔާގެ ނެކްސް ބިޒުން މަޖިލީހާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއް މިއަދު 2:45 އަށް ޝެޑިއުލްކޮށްފައި ވަނިކޮށެވެ. އެ މައްސަލާގައި ނެކްސް ބިޒުން މަޖިލީހާ ދެކޮޅަށް ދައުވާ ކުރަނީ ސަރުކާރާއި ނެކްސް ބިޒާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެ އެއްބަސްވުން އުވާލަން މަޖިލީހުން ފާސްކުރީ 74 މެމްބަރުންގެ ތާއީދާ އެކުގަ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ސޮއި ކުރައްވާ އުއްތަމަ ފަނޑިޔާރަށް ފޮނުއްވާފައި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަކީ ގާނޫނު އަސާސީއާއި ހިލާފު ނުވާހާ ހިނދަކު ޝަރުއީ ކޯޓުތަކުގައި ސުވާލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި މަޖިލީހުން ޖަވާބުދާރީވާނީ މަޖިލީހަށް ދައުވާ ލިބޭ ގޮތަށް ސްޕްރީމު ކޯޓުގައި ކުރާ ދުސްތޫރީ ދައުވާތަކަށް އެކަނި ކަމަށެވެ.
ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ މެންބަރުން ނިންމާކަންތައްތަކަކީ ހިމާޔަތާއި އިމްތިޔާޒްތައް ލިބިގެންވާ ކަންތައްތައް ކަމަށް ނާޒިމު ވިދާޅުވި އެވެ.
ނެކްސްބިޒުން އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު ސަރުކާރުން ބުނެފައިވަނީ އެއްބަސްވުން ބާތިލްކުރަން ސަރުކާރުން ވެސް ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓު ނޫން ކޯޓަކަށް ޖަވާބުދާރީއެއް ނުވާނަން - މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ