މިރޭ ފަތިހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދަނީ

ސްޓެލްކޯ އިން އަލަށް ބަހައްޓާފައިވާ ދެ ޖަނަރޭޓަރުގެ ޕާފޯމެންސް ޓެސްޓެއް ހެދުމަށް ޓަކައި މި ރޭ ފަތިހުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ގޮސްދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރު ވެސް އޮޕަރޭޓް ކުރަމުން ގެންދާ ދެ ޖެނަރޭޓަރު ގެ ޕާފޯމަންސް ޓެސްޓެއް ހެދުމުގެ ގޮތުން އެ ކުންފުނިން ބޭނުންކުރަމުން އަންނަ އެހެން ހުރިހާ ޖަނަރޭޓަރުތައް ނިއްވާލަން ޖެހޭ ކަމަށާއި ކަރަންޓް ކެނޑުމަށް ހަމަޖައްސައިފައި ވަނީ މިރޭ ފަތިހު 4:00 އިން 5:00 އަށް ކަމަށެވެ.
"މިއީ ދެޖެނަރޭޓަރު ބޭނުން ކުރަމުންދާ އިރު އެންމެ ފަހުން ހަދަން ޖެހޭ ޕާފޯމަންސް ޓެސްޓުތަކެއް. އަޅުގަނޑުމެން މިރޭ ބަލާނީ ޖެނަރޭޓަރުގެ ސައުންޑް ހުންނަ ގޮތް. އެހެންވެ އެހެން އެއްޗެހި ނިއްވާލަން މިޖެހެނީ. ޑިމާންޑް އޮންނަ ގޮތަކަށް ބަލާފައި ކަރަންޓު ކަނޑާލަން ޖެހޭނީ." ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓެލްކޯގެ ފޯތްޕަވާ ޕްރޮޖެކްޓްގެ މަޝްރޫއުގެ ދަށުން ބަހައްޓާފައިވަނީ 8700 ކިލޯވަޓުގެ ދެ ޖެނަރޭޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ