އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެޤައުމުގެ ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންނެވި ބަރަކް އޮބާމާއަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެ އޮބާމާއަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ރައީސް މައުމޫން އެމެރިކާގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އާއި އެމެރިކާ އާއި ގުޅުން ބަދަހިވުމުގެ ސަބަބުންނާއި އެމެރިކާއިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.
އަދި އިގުތިސޯދީ ގޮތުން އެމެރިކާއިން ރާއްޖެއަށް އެހީތެރިވެދިނުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެތައް ގުނައަކަށް ފައިދާވެގެން ގޮސްފައިވާ ކަމަށް ވެސް ރައީސް މައުމޫންގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
މި ސިޓީފުޅުގައި ރައީސް މައުމޫން ވަނީ އޮބާމާއަށާއި އޮބާމާ އާއި އެއްކޮށް ކައިރީގައި ތިއްބަވާ ހުރިހާ ބޭފުޅުންނަށް ހެޔޮ ދުއާ ރައްދުކުރާ ކަމަށް ވިދާޅުވެފައެވެ.
އަދި މި ކާމިޔާބީއިން ދައްކައިދެނީ، ރައީސް އޮބާމާއަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ކަމުގައި ވިދާޅުވެ،އެމަނިކުފާނުގެ ޒަޢާމަތުގައި އެމެރިކާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެކަން ޔަޤީން ކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އެމެރިކާގެ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ