ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާން އިއްޔެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މިދިއަ ބުދަ ވިލޭރޭ އެކުލަވާލާ ފަނޑިޔާރުން ހުވާކުރެއްވި އިރު ރަށުގައި ވަޑައިގެން ނޫޅުއްވާތީ މުއުތަސިމް އަށް ބައިވެރިވެވަޑައެއް ނުގެންނެވުނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރައީސް އޮފީހުގައި އޮތީ އިއްޔެ މެންދުރުފަހު އެވެ. ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިން އެވެ.
ހުވާކުރެއްވުމަށް ފަހު ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިއުން ރައީސް ނަޝީދު ވަނީ މުއުތަސިމްއާ ހަވާލުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ