އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި މަކުނުދޫ ދާއިރާގެ ވޯޓުގައި މައްސަލަ އުފެދި އެ ދާއިރާގެ ވޯޓުލުން އަލުން ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މަކުނުދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަހުމަދު އަކުރަމާއި ވާހަކަލިޔުންތެރިޔާ، ޔަޝްފާ އަބްދުލްޣަނީގެ އިތުރުން އަލީ ގާސިމް މަކުނުދޫ ސުކޫލުގެ ހެޑް އަލީ އިހްސާން އެވެ.
މަކުނުދޫ ދާއިރާގެ ވޯޓުގައި މައްސަލަ ޖެހުނީ މިދިޔަ ހުކުރު ދުވަހު ވޯޓްލުން ކުރިއަށް ގެންގޮސް ވޯޓްލުން ނިންމައި ވޯޓު ފޮށި ގުނަން އެންގުމުން ވެސް އެ ދާއިރާގެ މަކުނުދު އާއި ކުމުންދޫގައި ބެހެއްޓި ވޯޓު ފޮށި ނުގުނުމުންނެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒް މިއަދު ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަކުނުދޫ ދާއިރާގެ ވޯޓްލުން ބާތިލްކުރީ މަކުނުދޫ ދާއިރާގެ ދެ ވޯޓު ފޮއްޓެއް ގުނަން އެންގުމުން ވެސް، ވޯޓު ފޮއްޓާއި އެ ދާއިރާއާ ހަވާލުވެ ތިބި އޮފިޝަލުން ވޯޓު ފޮށި ގުނާފައި ނުވާތީ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ވޯޓު ބާތިލްކޮށް އެ ދާއިރާގެ ޕްރައިމަރީ އަލުން ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މަކުނުދޫ ދާއިރާގެ ވޯޓްލުން ދެން ބާއްވާނީ އަންނަ ހުކުރު ދުވަހުގައި ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީގައި މިހާތަނަށް 53 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު އަދި 32 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ޖެހެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި މަކުނުދޫ ދާއިރާގެ ވޯޓުގައި މައްސަލަ އުފެދި ވޯޓުލުން އަލުން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ