އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ޑިއާރްޕީ ވާދައެއް ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަ ކޮށްލުމާއިގުޅިގެން ހުސްވެފައިވާތީވެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަންގައި ޑީއާރްޕީ ވާދަ ނުކުރަން ނިންމައިފި އެވެ.
ޑީއާރްޕީން ބުނީ އުނގޫފާރު ދާއިރާއަށް ވާދަ ނުކުރަން ނިންމީ ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ، ކައުންސިލްގެ މެންބަރުންނާ، ޢާއްމުމެންބަރުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށް އެ ހުރިހާ ފަރާތެއްގެ އިޙްސާސްތަކާ، ޝުޢޫރުތަކަށް ވިސްނައި ބެލުމަށް ފަހު ކަމަށެވެ.
ޑީއާރުޕީ ބުނީ އެ ޕާޓީ ގަބޫލް ޤަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ވަކިޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެފަދަ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ ސަބަބުން ހުސްވާ ގޮނޑިއަކަށް ވާދަކޮށް އެގޮނޑި ކާމިޔާބު ކުރަން މަސައްކަތްކުރުމަކީ ޅަފަތުގައިމިވާ ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ.
އަދި ބުނީ މަޖިލީހުގެ މިދައުރުގެ ބާކީއޮތްބައި ގައި އެ ގޮނޑިން އަފްރާޝީމް ނިސްބަތްވި ޕާޓީއަށް ފުރުޞަތު ދިނުމަކީ އެންމެ ރަނގަޅު އުސޫލު ކަމަށާއި ޑީއާރްޕީގެ ނިންމުން އެ ގޮތަށް ނިންމާފައިމިވަނީ އަފްރާޝީމް ޢަލީ އެގޮނޑިއަށް އިންތިޚާބުވެވަޑައިގަތީ ޑީއާރްޕީގެ ޓިކެޓެއްގައި ކަމުގައިވާތީ، އެމަނިކުފާނަށް ޑީއާރްޕީގެ މެންބަރުންގެ ހިތުގައިއޮތް ލޯތްބާ، އިޙްތިރާމާ، ޤަދަރު ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ވާދައް ކުރާނެ ކަމަށް މިހާތަނަށް ބުނެފައި ވަނީ ޕީޕީއެމާއި އެމްޑީޕީންނެވެ.
ގައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ، އެ ޤައުމެއްގައި ހަދާފައިވާ މުވާޞަލާތީ ވިއުގަތަކާއި ރައްޔިތުންނާއި މަސައްކަތްތެރިންނާ ދެމެދު އުފައްދާ މުވާޞަލާތީ ގުޅުންތައް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވދާޅުވީ ދިރާގުގެ ހެޑް އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިރާގުން އަލަށް ހުޅުވި އެ ކުންފުނީގެ އާ ހެޑް އޮފީސް އިމާރާތް ރަމްޒުކޮށްދެނީ، މުވާޞަލާތީ ގޮތުން ރާއްޖެ ކުރިއަރާފައިވާ މިންވަރު ކަމަށާއި ދިރާގަކީ ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށްބޮޑު ޚިދްމަތެއް ކޮށްދީފައިވާ މިހާރުވެސް ކޮށްދޭ ކުންފުންޏެއް ކަމަށެވެ.
ގައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ، އެ ޤައުމެއްގައި ހެދިފައިވާ އެކިއެކި މުވާޞަލާތީ ވިއުގަތަކާއި އަދި ރައްޔިތުންނާއި މަސައްކަތްތެރިންނާ ދެމެދު މުވާޞަލާތީ ގުޅުންތަކެއް އުފެދިގެން ކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ ދިވެހި މުއާސަލާތީ ކުންފުނިން އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތު ކުރުމަށްޓަކައި ފަސޭހަ ގޮތްތަކެއް ދިރާގުން ހޯދައިދީފައިވާ ކަމަށާއި މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ރާއްޖޭގައި މުވާޞަލާތީ ގުޅުންތައް ޤާއިމްކޮށްދޭން އެންމެ ބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ ވެސް ދިރާގު ކަމަށެވެ.
"ދިރާގަކީ ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރު ވެސް ނަމޫނާ ކުންފުންޏެއް. ދިރާގަކީ އެތަނުގެ ޚިދްމަތް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެއް" ރައީސް ވިދާޅުވިއެވެ. "ދިރާގުންދޭ މުއާޞަލާތީ ޚިދްމަތްތައް ރާއްޖޭގައި ދެމުން ގެންގޮސްފައިވަނީ، އެންމެ ކުޅަދާނަކަމާ އެކީގައި. ރާއްޖޭގައި އުފެދިފައިވާ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންގެ ކަންކަން އެންމެ ރަނގަޅަށް ގެންދާ ކުންފުންޏަކީ ދިރާގު،"
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގާ އެކިއެކި އިޖްތިމާޢީ ކަންކަމުގައި ވަރަށް ޙަރަކާތްތެރިކަމާއެކު ދިރާގު ބައިވެރިވާ ކަމަށައި އެ ސިޔާސަތު ދެމެހެއްޓުމުގައި، އެހެން ކުންފުނިތަކުން ވެސް ނަމޫނާ ދައްކަން ގޮވާލައްވާ ކަމަށެވެ.
ދިރާގުގެ ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވުން ވެސް އޮތެވެ. އަދި ދިރާގުގެ މައި ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު، އެ ޢިމާރާތް، ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ