25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަހުމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކުރެއްވުމަށް އަނެއްކާވެސް އެދިވަޑައިގެންފިއެވެ.
ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭރު 15 ދުވަހުގެ މުއްދަތެއް ނާޒިމްއަށް ދެއްވިއިރު، އެ މުއްދަތު ހަމަވުމުން ވަނީ ރާއްޖޭން ބޭރުގައި ހުރުމަށް ދެ މަސް އިތުރުކޮށްދީފައެވެ.
ނަމަވެސް މިފަހަރު ނާޒިމް މުއްދަތު އިތުރުކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްގައި އެދުނީ ކިހާ ދުވަހަކަށްކަމެއް އެނގިފައެއް ނުވެއެވެ. މިއީ ނާޒިމްގެ ފަރާތުން މުއްދަތު އިތުރުކުރަން ހުށައެޅި ތިންވަނަ ފަހަރެވެ.
ނާޒިމްގެ މައްޗަށް 25 އަހަހަރުގެ ޖަލުހުކުމެއް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
ބޭސްފަރުވާ ކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް މެމްބަރު ނާޒިމްގެ ފަރާތުން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ