ކުޑަކުދިންގެ ފައިގައި ޓެގް އަޅުވަން ޖެހިއްޖެ ނަމަ އެކަން ކުރާނަން - މިނިސްޓަރ އުމަރު

މޮނިކޮން އަމުރު މިހާތަނަށް ނެރެމުން އައީ އުމުރުން 18 އަހަރުން މަތީގެ މީހުންގެ މައްޗަށް ކަމަށްވީނަމަވެސް، ކުޑަކުދިންގެ ފައިގައި ޓެގް އަޅުވަން ޖެހިއްޖެ އެކަންވެސް ކުރާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "ސަން" އަށް ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރ އުމަރު ވިދާޅުވެފައިވަނީ އުމުރުން 18 އަހަރުނުވާ ކުޑަކުދިންނާއި މެދު ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. މިދިޔަ ހުކުރު ދުވަހު 14 އަހަރުގެ ދެ ފިރިހެންކުދިން ނިޔާވި ހާދިސާ އަށް އިޝާރާތް ކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވެފައިނަނީ އެކަމާ ވަރަށް ހިތާމަ ކުރައްވާކަމަށެވެ.
"ކުޑަކުދިން ލައްވައި މިކަންކަން ކުރުވަނީ ގޭންގުތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ފަހަތުގައި ތިބެގެން. އެއީ ކުޑަކުދިންނާ މެދު އަޅާނެ ފިޔަވަޅުތައް މަދުވާނެ ކަމަށް ބަލާފައި." އެހާދިސާގައި ނިޔާވި ދެކުދިންގެ މަރުގެ ފަހަތުގައިވެސް 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. އަދި ކުޑަކުދިންލައްވައި މިފަދަ ކަންތައް ކުރުވަނީ ގޭންގްތަކުގައި އިސްކޮށް އުޅޭ ފަރާތްތަކުން ކަމަށާއި، ކުޑަކުދިންނާއިމެދު ގެންގުޅޭ އުސޫލު ބަދަލުކުރަން ވިސްނަން ޖެހިފައިވާކަމަށް މިނިސްޓަރ އުމަރު ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ފައިގައި ޓެގް އަޅުވަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއިރު މީގެ ކުރިން މިނިސްޓަރ އުމަރު ވަނީ ގޭންގްތަކުގައި އުޅޭ ކުދިން ފަޅުރަށެއް ކަމަށްވާ ދ.ވާނީ އަށް ގެންގޮސްގެން އިސްލާހް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ