އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަކަބާމާގައި ސްކޫލެއްގެ ޓީޗަރުންގެ ވަޒީފާއަ އަދާކުރަމުންދިޔަ ދެމަފިރިއަކު ދަރިވަރުންތަކަކާއި އެކީގައި ޖިންސީ އަމަލު ހިންގި މައްސަލައެއް ފެންމަތިވެ ހައްޔަރުކޮށްފިއެވެ.
އެގޮތުން މީގެ ހަފްތާއެއްހާ ދުވަސްކުރިން އަންހެން މީހާ އޭނާ މަސައްކަތްކުރާ ސްކޫލްގެ ދަރިވަރުންތަކަކާއި އެކީގައި ޖިންސީ އަމަލު ހިންގައިގެން ހައްޔަރު ކުރި އިރު ފިރިހެންމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އޭނާ މަސައްކަތް ކުރަމުންދިޔަ އެހެން ސްކޫލެއްގެ ދަރިވަރުންތަކަކާއި އެކީގައި އެފަދަ އަމަލެއް ހިންގުމުންނެވެ.
އަލަބާމާގެ ދެ ސްކޫލެއްގައި ޓީޗަރުންގެ ވަޒީފާ އަދާކުރަމުންދިޔަ މި ދެމަފިރިން ދަރިވަރުންނާއި އެކު ޖިންސީ އަމަލު ހިންގި މައްސަލަ މިހާރު ފެންމަތިވެފައި ވާއިރު ބައެއް ބެލެނިވެރިން ވަނީ ސްކޫލްތަކުގެ ކައިރިޔަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން އެ ދެ ޓީޗަރުންވެސް އެމީހުން މަސައްކަތްކުރާ ދެ ސްކޫލުން ސަސްޕެންޑްކޮށްފައި ވާއިރު އެ ސްކޫލްތަކުން ވަނީ އެ މައްސަލައިގެ ތަހުޤީޤަށް ބެލުމަށްފަހު އެމީހުންނާއި މެދު އިތުރު ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ދެމީހުން ޖިންސީ ގުޅުން ހިންގާފައި ވަނީ އުމުރުން 19 އަހަރުން ދަށުގެ ދަރިވަރުންނާއި އެކީ ކްލާސްރޫމެއްގެ ތެރޭގައެވެ.
މި މައްސަލައާއި ގުޅިގެން މި ދެމީހުންވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހުންގެ މައްޗަށް 2 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
ސްކޫލް ދަރިވަރުންތަކާ އެކީގައި ޖިންސީ އަމަލު ހިންގި އެމެރިކާގެ ދެމަފިރިއަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ