މައިމޫނާގެ ދިފާއުގައި ރައީސް ނަޝީދު ނުކުންނަވައިފި

ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމުނާ އަބޫބަކުރު އަޅުއްވާފައި ހުރި ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އޭނާ އަށް ތައުރީފް ކުރައްވައިފިއެވެ.
ނަޝީދު، މައިމޫނާ ދިފާއު ކުރެއްވީ، މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މައިމޫނާ އަށް ފާޑު ވިދާޅުވުމުންނެވެ.
ރައީސް ނަޝީދު ވަނީ މައިމޫނާ އަކީ ސާބިތު، ހަމަޖެހޭ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހާރު މިހެން ވިދާޅުވި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް މާ ހަރުކަށިކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެއެވެ.
އަދި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ މީހުން އަނބުރާ ދިއުމުގެ އިންތިޒާމްތައް ލަސްވެގެން ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް އެކަން މަޖިލީހުގައި ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ