އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލަނީ ހަރުކަށި ފިކުރުގެ މީހުން: ނަޝީދު

ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ އެ ހަރަކާތަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދާއި، ޕީޕީއެމް އިން އެއްބާރުލުންދީ އެމީހުންގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި ޕީޕީއެމް އިން މަސައްކަތް ކުރަނީ ހަރުކަށީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެއީ ކަމަށް ނަޝީދު ވިދާޅުވިއެވެ.ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި އަންނަނީ ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ. މީގެ ކުރިން ނަޝީދު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ރާއްޖޭގެ މިނިވަންކަމަށް ގެއްލުމެއް ނުފޯރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.ދިވެހިރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދުވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ