މޫސުން ގޯސްވެ ބޮޑުބަޔަކަށް ރީނދޫ ސަމާލު، ކަނޑުގަދަވެ ރާޅު ބޮޑުވާނެ

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ދެކުނަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް ކޮޅުމަޑުލުން ފެށިގެން އައްޑޫސިޓީ އާއި ދެމެދުގެ ރަށްތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު މެންދުރުކުރި 11:45 އިން ފެށިގެން ހަވީރު 1600 ހަމައަށް ކޮޅުމަޑުލުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށް މޫސުން ގޯސްވާނެ ލަފާކުރެވޭކަމަށާއި، އެއަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެ އިތުރުން މެންދުރު 1200 އިން ފެށިގެން ހަވީރުު 1600 ހަމައަށް ހއ. ފެށިގެން ދ.އަތޮޅާއި ދެމެދުގެ ރަށްތަކަށްވެސް ވަނީ ވައިޓްއެލާޓް ނެރެފައެވެ. މިވަގުތުތަކުގައި އެސަރަހައްދުގެ ރަށްތަކަށްވެސް ބޯކޮށް ވާރޭވެހި ކަނޑުގަދަ ވާނެކަމަށްވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އެއިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް ގަދަ ވާނެކަމަށާއި، ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ