ޖުލައި މަހުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑު!

ފާއިތުވި ޖުލައި މަހު މާލޭގެ ގޭބީސީތަކުގެ ކަރަންޓުބިލް އިންތިހާއަށް ބޮޑުވެއްޖެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ކުރިން 700 ރުފިޔާ ނާރާ ބައެއް ގޭބީސީތަކަށް ޖުލައި މަހު ކަރަންޓު ބިލްގެ ގޮތުގައި 2500 ރުފިޔާވެސް އަރާފައި އެބަހުއްޓެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ވަނީ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އިން ބިލް ތައްޔާރު ކުރާ ގޮތް ބަލަން މިނިވަން ތަހުގީގެއް ހިންގަން ޖެހޭކަމަށް ބުނެފައެވެ. އަދި އެއް މަހުން އަނެއް މަހަށް ބޮޑުވަމުންދާ ކަމަށާއި މިއީ އަރަތެއް ކަމަށްވެސް ބުނެފައިވެއެވެ.ކޮވިޑު-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އިރުވެސް ކަރަންޓު ބިލް ވަރަށް ބޮޑުވިއިރު އޭރު ސްޓެލްކޯއިން ވަނީ ކަރަންޓު ބިލް ބޮޑުވަނީ އެންމެން ގޭގައި ތިބުމުން ކަމަށް ބުނެފައެވެ. ނަމަވެސް 1 ޖުލައި ގައި ފިޔަވަޅުތަކަށް ލުއި ދީ އެންމެން ބޭރުގައި އުޅުނު އިރުވެސް އޭގެ ކުރިން މަސްތަކަށްވުރެ ޖުލައި މަހުގެ ކަރަންޓު ބިލް ބޮޑުކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.ޖުލައި މަހުގެ ކަރަންޓު ބިލް ބޮޮޑުވާނެ ކަމަށް ޖުލައި މަސްތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ކަރަންޓު ބިލް ކުޑަކުރަން ފަރުދީ ޒިންމާ އަދާކުރުމަށްވެސް ސްޓެލްކޯއިން އޭރު ގޮވާލާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ