މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަތިފަޑި ބަދަލު ކުރަން ޖެހިއްޖެ: އަބްދުﷲ މުޙައްމަދު

އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސްމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަތިފަޑި ބަދަލުކުރަން ޖެހިއްޖެކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި މަދަނީ އިންތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ. އަބްދުﷲ މުހައްމަދު މިހެން ވިދާޅުވީ “ދިވެހިރާއްޖޭގެ ތަޢުލީމީ ބިލް”ގެ ނަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ޑްރާފްޓްކޮށް، ޖޫން 17 ގައި މަޖިލީހަށް ފޮނުވަން ނިންމާފައިވާ ގާނޫނަށް ފާޑުވިދާޅުވަމުން އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ސްޓޭޓަސް އެއްގަ އެވެ.އަބްދުﷲ ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީން ޑްރާފްޓްކޮށް، ޖޫން 17 ގައި މަޖިލީހަށް ފޮނުވަން ނިންމާފައިވާ ގާނޫނުގެ 30 އަދި 31 ވަނަ މާއްދާއަކީ އިސްލާމްދީނާއި ފުށުއަރާ (ލާދީނީ) ދެމާއްދާ ކަމަށާއި އެ ދެމާއްދާ އިސްލާމްދީނާއި ފުށުނާރާގޮތަށް އިސްލާހުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް އިލްތިމާސްކުރާކަމަ ށެވެ.އަދި އެ ދެމާއްދާ އިސްލާޙް ނުކޮށްފިނަމަ މިނިސްޓްރީ އާއި ދެކޮޅަށް ހުރިހާ ދިވެހިން ނިކުންނާނެ ކަމުގެ ޔަޤީންކަންވެސް ދޭކަމަށް އަބްދުﷲ ވިދާޅުވި އެވެ.“އެ ދެމާއްދާ އިސްލާހު ނުކޮށްފިނަމަ އިންޝާﷲ އެޑިޔުކޭޝަން މިނިސްޓްރީއާއި ދެކޮޅަށް ހުރިހާ މުސްލިމު ދިވެހި ރައްޔިތުން ތެދުވާނެކަން ކަށަވަރުކޮށްދެން” އަބްދުﷲ ވިދާޅުވި އެވެ.ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލްގެ 30 ވަނަ މާއްދާގައިވަނީ ކުދިންނާއި،މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކާކުކަން ނޭގޭގޮތަށް ހެދުން އަޅައިގެން ކިޔަވައިދޭ މަރުކަޒުގެ ތެރޭގައި އުޅެގެން ނުވާނެކަމަށެވެ.މި ބިލް މިގޮތަށް ފާސްވެއްޖެނަމަ ކިޔަވާ ދަރިވަރުންގެ އިތުރުން ބެލެނިވެރިންވެސް ކިޔަވައިދޭ މަރުކަޒުގެ ތެރޭގައި އުޅޭނަމަ އުޅެންޖެހޭނީ މޫނު ކަޝްފުކޮށްގެން ނެވެ.މި ބިލާއި ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް ބަހެއް އަދި މިހާތަނަށް ބުނެފައެއްނުވެ އެވެ.އިސްލާމިކް މިނިސްޓަރ ރަށުގައި ނޫޅުއްވާތީ މިނިސްޓްރީގެ ބަހެއްވެސް  މިކަމާއި ގުޅިގެން އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ