މޫސުން ގޯސްވެގެން ފަސްކުރި ޕީސް ފައުންޑޭޝަންގެ ދަރުސް އޮކްޓޯބަރ 5 ގައި ބާއްވަނީ

ދަރުސްގެ ބެނާ ތައްޔާރު ކުރަނީ | ފޮޓޯ: ޕީސް ފައުންޑޭޝަންމޫސުން ގޯސްވެގެން ފަސްކުރި ޕީސް ފައުންޑޭޝަންގެ ދަރުސް އޮކްޓޯބަރ 5 ގައި ބާއްވަން ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަން އިން ހާމަކޮށްފިއެވެ.ޕީސް ފައުންޑޭޝަންގެ އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރި ދަރުސް މިހާރު ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުގައި ކަމަށާއި ދަރުސް އޮންނާނީ ކުރިންވެސް ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ބޯޅަ ދަނޑުގައި އެރޭ 8.45 ގައި ކަމަށެވެ.މި ދަރުހުގައި ސުވާލާއި ޖަވާބުގެ ސެސަނެއްވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށާއި އެސްއެމްއެސްއިންނާއި ފޭސްބޫކްގައިވާ އެ ހަރަކާތުގެ ޕޭގް މެދުވެރިކޮށްވެސް ސުވާލު ހުށައެޅޭންކަމަށް ޕީސް ފައުންޑޭޝަނުން ހާމަކުރެއެވެ. ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ރޭޑިއޯ އެޓޯލްއިން މިދަރުސް ލައިވު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.މިދަރުސަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް ޕީސް ފައުންޑޭޝަން އިން އެދެ އެވެ.ފޭސްބުކް އިވެންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ