ހަމަލާތަކުން ރައްކާތެރިވާނެ އާލާތްތައް ފޮނުވައިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކުރަނީ

ހަމަލާތަކުން ރައްކާތެރިވާނެ އާލާތްތައް ފޮނުވައިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރަން މަޝްވަރާކޮށްފިިއެވެ.
އެގޮތަށް މަޝްވަރާކޮށްފައި ވަނީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އަައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް މޭޖާާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމުޣައިދީއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމުޣައިދީ ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މުހިންމު މަސައްކަތުގައި އައިއެމްސީޓީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ދީނުގެ ކަންކަން ރައްޔޮތުންނަށް އޮޅުންފިލުވައިދޭނެ ދީނީ އިލްމުވެރިން ފޮނުވައިގެންނާއި ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވާނެ އާލާތްތައް ފޮނުވައިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމަށް މަޝްވަރާކޮށްފައި ވެއެވެ.
މިނިސްޓަރު މާރިޔާ އެ ބައްދަލުވުމުގައިވި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ “ޒީރޯ ޓޮލަރެންސް” ސިޔާސަތުގެ ދަށުން، ޓެރަރިޒަމާ ދެކޮޅަށް ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީގޮތުން ކުރާ މަސައްކަތްތަކުގައި މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެގޮތުން، ސައުދީއަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ގާއިމުކޮށްފައިވާ އައިއެމްސީޓީސީގެ ސެންޓަރުގައި 2020 ވަނަ އަހަރުން  ފެށިގެން އެއް އަހަރުގެ މުއްދަތަށް ޑިޕްލޯއި ކޮށްފައިވާ އެމްއެންޑީއެފްގެ އޮފިޝަލުންގެ އެ މުއްދަތު އިތުރުކޮށް، މިހާރުވެސް އެ ސެންޓަރުގައި މަސައްކަތްކުރަމުންދާކަން ފާހަކޮށްފައި ވެއެވެ.
އައިއެމްްސީޓީިސީއަކީ އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް 2015 ވަނަ އަހަރު އުފެއްދި ކޯލިޝަނެކެވެ. އެ ކޯލިޝަނުގައި 41 ގައުމަކުން ބައިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ