ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އެމަނުކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައި ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:30 ގައެވެ.
ހަމަލާއާ ގުޅިގެން ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯއްދަވަން ރަޝިޔާއަށް ވަޑައިގެންނެވުމަށްފަހު، އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށިފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ