މިދިޔަ 4 މަސް ތެރޭ ކޮވިޑުގައި 154 މަރު, 89 ޕަސެންޓް މީހުން ވެކްސިން ފުރިހަމައެއް ނުކުރޭ!

މިދިޔަ ތިން މަހު ކޮވިޑުގައި މަރުވި މީހުންގެ ތެރެއިން 89 ޕަސެންޓަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ ބައެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އަދި މިއަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ބަލީގައި މަރުވި މީހުންގެ ޖުމުލައަކީ 73 އެވެ.
އެޗްޕީއޭ އިން ބުނީ, މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މަރުވި މީހުންގެ ތެރެއިން 89 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހުން ފެށިގެން މިއަދުގެ ނިޔަލަށް މިވީ ތިން މަސް ތެރޭގައި 154 މީހަކު ވަނީ ކޮވިޑުގައި މަރުވެފަ އެވެ. އެއީ އެވްރެޖުކޮށް މަހަކު 51 މީހުންނެވެ.
ރާއްޖެއިން ކޮވިޑުގައި މިހާތަނަށް މަރުވެފައި ވަނީ 227 މީހުންނެވެ. އެއީ 210 ދިވެހިންނާއި 17 ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ