ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އިނގިރޭސިވިލާތުގެ ލަންޑަނުން ރައީސްއަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ގްރޭޓާ ލަންޑަންގެ ޑެޕިޔުޓީ ލެފްޓިނެޓް މޭޖާ ޖެރެމީ ފާން އެވެ.
ތަފްސީލް - ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަކީ، ރައީސް އޮފީހުން ބުނި ގޮތުގައި، މަތީފަންތީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި:
ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބައްދަލުވުންތައް ބާއްވާނެ
އެ ބައްދަލުވުންތަކުގައި، ސަރުކާރު ހިންގުމާއި މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރާނެ
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ވިޔަފާރި ފޯރަމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި
އެނގުން މުހިއްމު - އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންވުމާ އެކުއެކީގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ މި މަހުގެ 26 ވަނަ ދުވަހު 60 އަހަރު ފުރޭނެ އެވެ.
ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ