ޖާބިރަށް މައުމޫން ދިން ގެއްލުންވެސް ބަލަންޖެހޭ: ދިޔާނާ

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިން ގެއްލުންވެސް ބަލަންޖެހޭ ކަމަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ގެކޮޅު، ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުން ދިން މައްސަލަ ފުލުހުން ބަލަމުންދާތީ އެކަމަށް ރައްދު ދެއްވައި ދިޔަނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ބަލާ އިރު، ޖާބިރަށް މައުމޫން ދެއްވި ގެއްލުންވެސް ބަލަންވާނެ ކަމަށެވެ.
”މައުމޫނަށް ލިބިވަޑައިގެންނެވި ގެއްލުމެއް ބެލިފައި، މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމީ ގޯހެއް،“ ދިޔާނާ ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާގެ އަތުން ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ނުދައްކަވާ ކަމަށް ވިދާޅުވެ، ޖާބިރު އިއްޔެ ވަނީ ކިނބުގަސްގޮށުގޭގެ ކުރިމަތީގައި އިހުތިޖާޖު ކުރައްވައިފަ އެވެ. އެ އިހުތިޖާޖުގެ ތެރެއިން، އެ ގޭގެ ބޭރުގައި ހުރި ވެޔޮތަކަކަށްވެސް ގެއްލުން ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ