އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް އެވަޓަން ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ހޯދުމުގައި ސިޓީއަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
މި މެޗު އެއްވަރުވުމާއިއެކު ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވާ 76 ޕޮއިންޓާއެކު ފަސް ޕޮއިންޓުގެ ލީޑެއް ވަނީ ލިބިފަ އެވެ. އެހެންކަމުން މިކޭލް އާޓޭޓާގެ އާސެނަލް އަށް ވަނީ އެ ޓީމަށް ލީގުގައި ބާކީ އޮތް ތިން މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބިފަ އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޖެރެޑީ ޑޯކޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެވަޓަން އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު 68 ވަނަ މިނިޓުގައި ތިއާނޯ ބެރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 73 ވަނަ މިނިޓުގައި ޖޭކް އޯބްރެއިން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް އެވަޓަން އަށް ކުރި ހޯދަދީފަ އެވެ.
އެވަޓަންއިން މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ތިއާނޯ ބެރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ސިޓީގެ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެންޗެސްޓަރ ސިޓީ އަށް މި މެޗުން ޕޮއިންޓެއް ލިބިފައިވަނި މެޗުގެ އިންޖަރީ ވަގުތުގެ ހަތްވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އެވަޓަން އާއި އެއްވަރުވެ ސިޓީ އަށް ލީގު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ