ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި: ސްޓެލްކޯ

މާލޭގެ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަަަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކޮށް، މިހާރު އެ ސަރައްދުތަކަށް އަލުން ކަރަންޓު ދެވިފައިވާކަމަށެވެ.
މިކަމުގައި ރައްޔިތުން އަށް ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ