ފޭދޫ ދާއިރާގެ މެމްބަރު ފޭދޫގެ ރައްޔިތުންނަށް ރޯދަ ވިއްލުމެއް ދެއްވައިފި
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، ފޭދޫގެ ރައްޔިތުންނަށް ރޯދަ ވިއްލުމެއް ދެއްވައިފިއެވެ.ފޭދޫގެ އީކުއޭޓަރ ވިލެޖުގައި ބޭއްވި މި ރޯދަ ވީއްލުމަށް ގިނަ ރައްޔިތުންގެ ތަރުހީބު ވަނީ ލިބިފައެވެ. މި ރޯދަ ވިއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ އާދަމް ލަތީފް ވިދާޅުވީ އެހެން އަހަރުތަކުގައި ވެސް ރައްޔިތުންނަށް ހާއްސަކޮށްގެން ރޯދަ ވިއްލުމެއް އިބްރާހިމް ދީދީ ދެއްވާކަމަށެވެ.އަދި ރަމަޟާން މަސް ނޫން ނަމަވެސް، ރައްޔިތުންނަށް ކެއުން ދެއްވާ، ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. އިބްރާހިމް ދީދީއަކީ ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވަމުން އަންނަ ބޭފުޅެއް ކަމަށް އާދަމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައްޔިތުންނާ ބައްދަލު ކުރައްވާ، ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުން ފިލުއްވާ، އެކަންކަމަށް ހައްލު ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އާދަމް ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން، ރޯދަ ވިއްލުމަށްވެސް ވަކި ޕާޓީއެއްގެ ބަޔަކަށް އިސްކަން ނުދީ، ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައިވާކަމަށާއި، އެންމެންގެ ފަރާތުންވެސް މި ކަމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް އާދަމް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ