އެކްސް ފުޓްސަލް ޗެލެންޖު 2018 ގެ ކުޅުން ފަށައިފި

ޅ. ހިންނަވަރު އެކްސް ބޯއިސް އިން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ އެކްސް ފުޓްސަލް ޗެލެންޖު 2018 ގެ އިއްޔެ ކުޅުން ފަށައިފިއެވެ.
މިއަހަރުގެ އެކްސް ފުޓްސަލް ޗެލެންޖުގައި ޖުމްލަ 12 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި މިއަދު ވަނީ ޖުމްލަ 3 މެޗެއް ކުޅެފައެވެ.
ފިތުރު ޢީދު ދުވަހު މުބާރާތުގެ ކުޅުން ފެށިއިރު، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ރިވަސައިޑާއި އެފްސީ ފްރެންޑްސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 6-5 އިން ކާމިޔާބުކުރީ ރިވަސައިޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިވަސައިޑުގެ އިބްރާހީމް ނިހާމެވެ.
މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުން ސްޓާކްް އެފްސީ ވަނީ ކުކޫންގެ މައްޗަށް 5-3 އިން ކުރިހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓާކް އެފްސީގެ އަހުމަދު އިކުރާމެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޓޯރާ ބޯރާ އާއި ކުރެއްދޫ އެފްސީ ބީ އެވެ. މި މެޗު 10-8 އިން ކާމިޔާބުކުރީ ޓޯރާ ބޯރާ އެވެ. ގިނަ ގޯލުތަކެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނޯ ޓޯރާ ބޯރާގެ އަލީ މުޚުތާރު ހުސެއިން އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިއަދުވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ