އީސީން އުޅެނީ ވަކިމީހަކު އިންތިހާބު ކުރަންތޯ ގާސިމް ސުވާލު އުފައްދަވައިފި

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމުގެ މަޤާމަށް ވަކި މީހަކު ހޮވުމަށްތޯ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
އިންތިހާބުގެ ނަތީޖާ ވަކިގޮތަކަށް ނެރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާކަމަށް އެތައް ބަޔަކު ތުހުމަތު ކުރަމުން ދަނިކޮށް ގާސިމް މިސުވާލު އުފެއްދެވީ ދާދި ދެންމެއަކު ކުރެއްވި ޓްވިޓެއްގައެވެ.EC in 2008 , 2009 , 2013 , 2014 gai oiy Raeesaku Hovumah oiy inthikhaabu thakaa Majulis MP Hovumah Vort foshi thah behehti usoolthakaa goiythah badhalukoh Vort foshi thah madhukurumuge beynumakee rayyithunnah dhathi udhagoo koh vaki meehaku hovumuge beynumugai kuraakamehbaa.??Q— Qasim Ibrahim (@qasimibrahim) July 22, 2018ގާސިމް ވަނީ 2008 އިން ފެށިގެން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކާއި މަޖިލިސް އިންތިހާބު ތަކުގައި ވޯޓް ފޮށިތައް ބެހެއްޓި އުސޫލުތަކާއި ގޮތްތައް ބަދަލުކޮށް މި އަހަރު ވޯޓް ފޮށިތައް މަދުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ދަތި އުނދަގޫކޮށް ވަކި މީހަކު ހޮވުމަށް ކުރާކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ގާސިމް މިފަދަ ސުވާލު އުފެއްދެވި އިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ކަންކަން ފހިވާނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން ގެންދާކަމަށްބުނެ އެތައް ބައެއްގެ ފާޑުކިއުން އެކޮމިޝަނަށްވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ