މާމިގިލީގެ ބިންތައް ރަށުގެ ރައްޔިތުން ބޭނުންވޭ

އދ. މާމިގިއްޔަށް އެމްޑީޕީ ސަރުކާރުން ގެނެސްދިން 7 މިލިއަން ރުފިޔާގެ ތަރައްގީ ބަލއިނުގަނެވޭނޭ ކަމަށް މާމިގިލީ ރައްޔިތުން ބުނެފިއެވެ. އާބާދީގައި ގާތްގަނޑަކަށް 3000 ހާހަށްވުރެ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އދ. މާމިގިލި އަކީ އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއަރާފައިވާ ރަށެކެވެ. ރަށުގެ ގިނަ ބަޔަކު ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތެވެ. އަދި ފެހުރިހި އޮންނަނި މާމިގިލީ އަށް ނިސްބަތްވާ ސަރަހައްދުގައިކަމުން މި ރަށް މަޝްހޫރުވެފައިވަނީ ފެހުރިހި ރަށް ގޮތުގައެވެ. ރަށުގެ ރައްޔިތުންނަކީ ތަހުޒީބްވެފަ ތިބި ބައެކެވެ. ނަމަވެސް ރަށުގެ ރައްޔިތުންވެސް ތަރައްގީގެ ރޭހުގައި ވާދަ ކޮށް ރަށަށް ތަރައްގީބޭނުންވެއެވެ. 2009 އަހަރުން ފެށިގެން 2013 ވަނަަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މަމިގިލީގެ ރައްޔިތުންނަށް ރަށުގެ ތަރައްގީއަށް ލިބިފައިވަނީ ޖުމްލަ 3 މަޝްރޫޢެއްކަން ތަފާސް ހިސާބުތަކުން ފެންނަނަށް އެބަހުރިއެވެ.ރަށުގެ ރައްޔިތުން ބުނަނީ ރަށަށް ބޭނުންވާތަރައްގީގެ މިންވަރަކީ މީނޫންކަމަށެވެ. ރަށަށް އުފަން ނުވަތަ ރަށަށް ނިސްބަތްވާ ގާސިމް އިބްރާހީމް އަކީ ވިޔަފާރީގެ ރޭހުގައި އުހުގައި އުޅުއްވާ ފަރާތަކަށްވިޔަސް މާމިގިއްޔަށް އެ ފާއިސާވެރިކަމެއް ފެންނާކަށްނެތެވެ. ރަށުގެ ރައްޔިތުން ބުނަނީ މުޅި ރަށުގައި ގާސިމްގެ ވިޔަފާރި އޮތަސް ރަށަށް ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލްނުވާ ކަމަށެވެ. އަދި ތަރައްގީގެ ހުރަހަކީވެސް ގާސިމް ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ. ސަބަބުތައް ވަރަށް ގިނަ. މާމިގިއްޔަށް ވަށާއިގެން ނަޒަރު ހިންގާލުމުން ފެނިގެންދިޔައީ ރައްޔިތުން ދެއްކި ވާހަކައިގެ ތެދުކަމެވެ.އެގޮތުން ރަށުގެ ވަށައިގެން ހިނގާލުމުން ފެނިގެންދިަޔައީ ގާސިމްގެ ވިޔާފާރީގެ ބޭނުންތަކަށް ރަށުން ނަގައިގެން އުޅޭ ބިންތަކެވެ. އިމާރާތް ކުރަން ފަށައިފައިވާ އިމާރާތްތައް ވިރާނާވަމުންދާ މަންޒަރުވެސް ފެނިގެންދިޔައެވެ. އަދި ރަށުގެ ރައްޔިތުން ބޭނުން ކުރުމަށްޓަަކައި ހަދާފައިވާ ބޯޓްޔާޑްގެ ބޭނުން އާންމު ރައްޔިތުންނަށް ބޭނުން ނުހިފޭ ވާހަކަތައް ރައްޔިތުން ހިއްސާކުރި. އެސަރަހައްދުން ފެނިގެންދިޔައީ ވިލާގްރޫޕްތަކުގެ އެކި ނަންނަމުގައި ހުރި ބޮޑެތި އާގުބޯޓްފަހަރުތައް. ވީރާނާވަމުންދާ ބޮޑެތި އުޅާނދުފަހަރުތަކާ ހެދި ރަށުގެ ރައްޔިތުންނަށް އެ ސަރަހައްދުގެ ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ރައްޔިތުން މިއަދު ކުރެއެވެ.ނަމަވެސް މި ޝަކުވާތަކަށް ހައްލު ގެނެސްދެއްވާނޭ ކަމުގެ ފޮނި އުންމީދު ރައްޔިތުން ކުރަނީ ރައީސް ޔާމީން އަށް ދެވަނަ ދައުރެއްދީގެން ކަމަށް ރައްޔިތުންދެކެއެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ތަފާތު އެކިކަހަލަ ގޮންޖެހުންތަކަށް ހައްލު ގެނެސްދެއްވާނޭ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެ ވަޑައިގެންނެވި ވައުދުފުޅުފުޅު ފުއްދަވަމުން ގެންދަވާއިރު އޯގަސްޓް މަހުގެ 4 ވަނަ ދުވަސް ވެގެންދިޔައީ މާމިގިލީގެ ރައްޔިތުންނަށް އެތަކެއް އުފާވެރި ޙަބަރުތަކެއްލިބިގެންދިޔަ ދުވަހަކަށެވެ. އެގޮތުން ވަގުފް ބިންތައް އާންމު ރައްޔިތުންނަަށް ލިބޭނޭކަމުގެ ފެހި ސިގްނަލެއް ރައީސް ވަނީ ދެއްވާފައެވެ.ވަގުފް ބިންތަކުން ފާއިދާނުވާ ބިންތައް ގިނަކަމުން އެ ބިންތަކުން ފާއިދާ ވާނޭކަމުގެ ޔަގީން ކަން ރައީސް ވަނީ މާމިގިލީގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރަށުގެ މަގުތަކަކީ ޒަމާނީ ފެންވަރުގެ މަގުތަކަކަށް ހައްދަވާ ދެއްވާނެ ކަމުގެ އުފާވެރި ހަބަރު މާމިގިލީ ރައްޔިތުންނަށް ލިބުމުން ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެތަކެއް ހުވަފެނެއްގެ ކުލަ ޖެހޭނޭ ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. ރަށުގައި ބެންކް ބްރާންޗެއް ނެތި އަދި ރަށުގެ ރައްޔިތުން ފާއިތުވި އަހަރުތަކުގައި ތަހައްމަލް ކުރި ވޭންތަކަށް ހައްލު ހޯއްދަވައިދެެއްވާނޭ ކަމަށް ރައީސް ވިދާޅުވުމުން ރައްޔިތުންގެ ހިތް އުފަލުން ފޮޅިގެންދިޔަ މަންޒަރު ފެނުނެވެ.ރައީސް ޔާމީންގެ ޒައާމަތުގައި ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ކުރައްވަމުން ގެންދަވާ މަަސައްކަތުގެ ދަށުން މާމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރަށުގައި ކިޔަވައި ކުދިންނަށް މަލްޓިޕާޕަސް ހޯލް އެއް ގާއިމް ކޮށްދެއްވާނޭކަމުގެ ހަބަރު ދެއްވިއެވެ. މީވެސް ރައްޔިތުން މީގެ ކުރިން ދުވަހަކުވެސް އުންމީދު ކުރި ކަމެއްނޫންކަމަށް ބައެއް ފަރާތްތަކުން ބުނުއެވެ. ރައީސް ޔާމީން އަކީ ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދަވާ ރައީސްއެއްގެ ގޮތުގައި މާމިގިލީގެ ގިނަ ރައްޔިތުން ބުނުއެވެ.އެހެންކަމުން އެރަށުގައި އެމަނިކުފާނުވެ ވަޑައިގަތް ވައުދު ހޯދުމަށްޓަކައި ރަށުގެ ރައްޔިތުން ތިބީ ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވާފަ ނޫނީ ހުއްޓާނުލާނަމޭ ބުނާ ފަދަ ރޫހެއްގައެވެ. ރަށުގެ ބައެއް ރައްޔިތުންނަކީ ފާޅުގައި ސަރުކާރަށް ތާއީދު ކުރަން ނުކެރިގެން އުޅޭ ވާހަކަ ރައްޔިތުން ބުނާ އިރު މި ކަމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯބަލައި ހޯދާލުމުން އެނގިގެންދިޔައީ ވަކި މީހެއްގެ ބާރުވެރިކަމުން ނުވަތަ ވަކި މީހެއް ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާތީ ކަމަށް ނަން ހާމަ ނުކުރަން އެދި ރަށުގެ މީޙުން ފާހަގަ ކުރިއެވެ.ނަމަވެސް އެ ރައްޔިތުން ބޭނުންވަނީ ރަަށް ތަރައްގީއާއި ތަހުޒީބާއި ތަމައްދުންކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. މި ސަރުކާރުން 260 މިލިއަން ރުފިޔާ ޙާރަދު ކޮށްފައިވާ އިރު އެމްޑީޕީ ސަރުކާރުން އެންމެ 7 މިލިއަން ރުފިޔާ ޙަރަދު ކޮށްފައިވާކަން ސަރުކާރުގެ އެކި ހިސަބުތަކުން ފެންނަން އެބަހުރިއެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށްޓަކައި މާމިގިލީގެ ރައްޔިތުން ތިބީ ފިސާރި ތެދުވެރިކަމާއިއެކު ރައީސް ޔާމީންގެ ފަހައްޕުޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ