މާވަރުލު އެއާޕޯޓްގެ މަސައްކަތް ގެމަނަފުށީ ރައްޔިތުން ބަލާލައިފި

މާވަރުލު އެއާޕޯޓްގެ މަސައްކަތް ބަލާލެއްވުމަށްޓަކައި ގެމަނަފުށީގެ ރައްޔިތުން ޒިޔާރާތްކޮށްފިއެވެ. ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، މާވަރުލު އެއާޕޯޓްގެ މަސައްކަތް ކުރާ ސައިޓައް ގެމަނަފުށީ ދާއިރާއަށް ނިސްބަތްވާ އަންހެނުންނާއި ޒުވާނުންނާއި ގިނަ ބަޔަކު ދިޔަ ކަމަށެވެ. ޖަމީލް އުސްމާން ވިދާޅުވިގޮތުގައި މާވަރުލު އެއާޕޯޓް ބަލާލެއްވުމަށްޓަކައި، ވަރަށް ގިނަ މީހުން އެ ރަށައް ގޮސްފައިވާއިރު އެ ފަރާތްތަކުން އެ ސައިޓްގައި މަސައްކަތް ކުރާގޮތް ގާތުން ބައްލަވާލައްވާފައިވާ ކަމަށެވެ.
މާވަރުލު އެއާޕޯޓްގެ މަސައްކަތް ބަލާލެއްވުމަށްޓަކައި ގެމަނަފުށީގެ ރައްޔިތުން ޒިޔާރާތް ކުރުމުގެ ތެރެއިން
މީގެއިތުރުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގއ އަށް ކުރެއްވި ދަތުރު ގެ ތެރެއިން އެ ސަރަހައްދުގައި ޒުވާނުނަށް އޮތް ވަޒީފާތަކާއި އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ އިތުރު ކުރެއްވުމަށް ވައުދުވެ ވަޑައިގެންފާވާތީ އެކަމަށް ގިނަ ޒުވާނުންގެ ޝައުގުވެރިކަން ހުއްޓިފައިވާކަމަށެވެ. އަދި އެ އެއާޕޯޓާއި އެކު ގެމަނަފުށި ދާއިރާގައި ގެސްޓްހައުސް ވިޔަފާރި އާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ވިޔަފާރިތައް ކުރައްވަމުން ބޭނުންވާ ފަރާތްތަކައް އެ ފުރުސަތު ލިބިގެން ދާނެތީ ޒުވާނުން އެކަމަށް ވަރަށް ޝައުގުވެރިވާކަމަށެވެ. ޖޭޔޫ އިތުރަށް ފާހަގަކުރެއްވިގޮތުގައި، ކުއްޑޫ އާއި ކާޑެއްދޫ އެއާޕޯޓަކީ ގެމަނަފުއްޓާއި ތަންކޮޅެއް ދުރުގައި އޮންނަ ދެ އެއާޕޯޓް ކަމަށާއި ނަމަވެސް މާވަރުލު އެއާޕޯޓަށް އެ ރަށުން ގާތްގަނޑަކައް 10 މިނެޓުން ދެވޭ ކަމަށެވެ. މި ސަބަބުތަކާއި ގުޅިގެން ގެމަނަފުށީގައި ފޯރިއާއިއެކު ކުރިޔަށް ދިޔަ އީދު ކުޅިވަރުތައް ނިންމާލާފަ އެ ރަށުގެ ރައްޔިތުން ބޯޓްތަކާއި ލޯންޗުތަކުގައި މާވަރުލުއަށް ދިޔަކަން ޖަމީލް އުސްމާން ފާހަގަކުރެއްވިއެވެ
މާވަރުލު އެއާޕޯޓްގެ މަސައްކަތް ބަލާލެއްވުމަށްޓަކައި ގެމަނަފުށީގެ ރައްޔިތުން ޒިޔާރާތް ކުރުމުގެ ތެރެއިން
އަދި ކަނޑުހުޅުދޫއާއި ކޮނޑޭއާއިވެސް މާވަރުލު ވަރަށް ކައިރިކަން ޖަމީލް އުސްމާން ފާހަގަކުރެއްވިއެވެ. މެމްބަރު ޖަމީލް އުސްމާން އިތުރަށް ވިދާޅުވިގޮތުގައި މިކަމުންވެސް ރައްޔިތުން އެ އެއާޕޯޓް އެޅުމަަށް ބޭނުންވެފައި ހުރިކަން ހާމަވާ ކަމަށާއި، އަދި އެ މަސައްކަތަކީ 10 އަހަރު ދުވަސްވަންދެން ހުއްޓިފައިވާ މަސައްކަތެއް ކަމަށެެވެ.އެހެން ކަމުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އެކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ދައުލަތުގެ ބަޖެޓުގައި މި މަސައްކަތް ހިމަނުއްވައިގެން އެމްޓީސީސީއާއި ހަވާލްކުރައްވައިގެން ކުރުއްވާކަން މެމްބަރު ފާހަގަކުރެއްވިއެެވެ. 
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ގަސަމް އަށް ގުޅީ އެމްޑީޕީގެ މެމްބަރެއް ކަން ހާމަވެއްޖެ!
6 މިނެޓް ކުރިން
އެން.އެސް.އޭގެ ޑޮކިއުމެންޓްތައް ލީކު ކުރި ރިއަލިޓީއަށް 5 އަހަރުގެ ހުކުމެއް އިއްވައިފި
6 މިނެޓް ކުރިން
މާވަރުލު އެއާޕޯޓްގެ މަސައްކަތް ގެމަނަފުށީ ރައްޔިތުން ބަލާލައިފި
12 މިނެޓް ކުރިން
ސިވިލް ސާރވިސް މުވައްޒަފުން ވަޒީފާތަކުން އަމިއްލައަށް ވަކިވުމަށް އިބޫ ގޮވާލައްވައިފި
13 މިނެޓް ކުރިން
މިފަހަރު ފޯބްސް ހައެސްޓް ޕެއިޑް އެކްޓަރސް ލިސްޓުގައި އަކްޝޭ އާއި ސަލްމާން
54 މިނެޓް ކުރިން
ޝަހުސު އޮޅުވާލި ކަމަށްބުނެ ފަސް މީހަކާ ދެކޮޅަށް އަދާލަތު ޕާޓީއިން މައްސަލަ ހުށަހަޅައިފި
1 ގަޑި ކުރިން
ކިނބުލެއްގެ ރަސްކަމުގައި ޖަންގައްޔަށްވީ ގޮތް!
6 ގަޑި ކުރިން
"މި ރައީސް މަރުގެ ހުކުމް ތަންފީޒް ކުރާނެ"
7 ގަޑި ކުރިން
އީސީގެ ތެރެއިން ސިއްރު އެއްވެސް މައުލޫމާތެއް ލީކެއް ނުވާނެ: މެމްބަރު އަކްރަމް
2 ގަޑި ކުރިން
ސައްހަކަން ކަށަވަރު ނުވާ ފޯމްތައް އަލުން ހުށައަޅަން އަންނަ ހަފްތާގައި ފުރުސަތު ދޭނަން: އަކްރަމް
1 ގަޑި ކުރިން
އީޔޫގެ މެމްބަރުން ދެއްކި ވާހަކަތަކައް އީޔޫގެ ކައުންސިލުން ނުރުހުން ފާޅުކޮށްފި
3 ގަޑި ކުރިން
މެންޗެސްޓަރ ޔުނައިޓެޑް އަނދަވަޅެއްގެ ތެރޭގައި، ޒިންމާ ނަގަން ޖެހެނީ ކާކު؟
11 ގަޑި ކުރިން
ގުޅުން ހުރި
މާވަރުލު އެއާޕޯޓްގެ މަސައްކަތް ގެމަނަފުށީ ރައްޔިތުން ބަލާލައިފި
12 މިނެޓް ކުރިން
42
0
ސިވިލް ސާރވިސް މުވައްޒަފުން ވަޒީފާތަކުން އަމިއްލައަށް ވަކިވުމަށް އިބޫ ގޮވާލައްވައިފި
13 މިނެޓް ކުރިން
55
0
ޝަހުސު އޮޅުވާލި ކަމަށްބުނެ ފަސް މީހަކާ ދެކޮޅަށް އަދާލަތު ޕާޓީއިން މައްސަލަ ހުށަހަޅައިފި
1 ގަޑި ކުރިން
18
0
ޑރ. ޝަހީމް މާދަމާ ލ. އަތޮޅަށް ފުރާވަޑައިގަންނަވަނީ
1 ގަޑި ކުރިން
19
0
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ