މަޖިލީހުގެ މެމްބަރުންނާއި, ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫނު މިފަދައިން ގޮވާލެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ގެކޮޅާއި ގާސިމްއާއި ގުޅުންހުރި އޮފީސް ތައް ފުލުހުން އާދީއްތަ ދުވަހު ފާސްކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި، ކުށެއްނެތް އާއްމު ރައްޔިތުންނަށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން، ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައްވާ ކަމުގައެވެ.
Majileehuge menbarunnashaa kusheh neiy aammu rayyithunnah dhawlathuge mussasaa thah beynun kohgen birudhekkun huttaalumah govaalan.
ޤާސިމް އިބްރާހީމްގެ ގެކޮޅާއި އޮފީސްތައް ބަލައި ފާސްކޮށްފައިވަނީ "އަދަދު ހަމަވެއްޖެ" ކަމަށް ޤާސިމް ހޮނިހިރު ދުވަހުގެރޭ ވިދާޅުވެފައި ވަނިކޮށް އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ޤާސިމްގެ ފޯނުވެސް ފުލުހުން ވަނީ އާދީއްތަ ދުވަހު އަތުލާފައެވެ.
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ