ސްޓެލްކޯގެ އެންމެ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށްޓަކައި އެ ޖަނަރޭޓަ ނިއްވާލާފައިވާތީ، މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ކުންފުނިން މިއަދު އެދެފި އެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެންމެ ފަހުން ބެހެއްޓި އަށް މެގަވޯޓް ޖަނަރޭޓަރު މަރާމާތުކުރުމަށް ނިއްވާލާފައި ހުރުމުން މާލެ އަށް ބޭނުންވާ ދެ މަގަވޯޓްގެ ކަރަންޓް މަދުވާނެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މާލޭގައި އެންމެ ބޮޑަށް ކަރަންޓް ބޭނުންކުރާ ވަގުތުގައިވާ މެންދުރު 1:00 އިން 5:00 އަށް އާންމުކޮށް 42 މެގަވޯޓްގެ ކަރަންޓް ބޭނުންކުރާ ކަމަށާއި ޖަނަރޭޓަރު ހަލާކުވެފައިވާތީ އެ ވަގުތަށް ބޭނުންވާ ކަރަންޓުން ދެ މެގަވޯޓް މަދުވާނެ ކަމަށެވެ.
އެހެންވެ އެ ވަގުތުގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެއާކޮންޑިޝަން، އިސްތިރި ފަދަ މަތީ ކަރަންޓް ބޭނުންވާ ތަކެތި ބޭނުންނުކުރަން ސްޓެލްކޯއިން އެދެ އެވެ. މިގޮތަށް ކަރަންޓް ބޭނުންކުރައްވާ މިންވަރު މަދުކުރެވިއްޖެނަމަ، އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑާނުލާ ހިދުމަތް ދެވިދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.
ކަރަންޓް ބޭނުންކުރާ ވަރު މަދުކުރަން ސްޓެލްކޯއިން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ